ވޯޓު ފޮށި އެންދުމަކީ ޓެރަރިޒަމްގެ އަމަލެއް: އާދަމް ޝަރީފު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕްރައިމަރީގައި އިއްޔެ އެމްޑީޕީން ހިންގީ ޓެރަރިޒަމްގެ އަމަލެއް ކަމަށް އިދިކޮޅު ޕީއެންސީން ބުނެފި އެވެ. ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަ...

01 Feb 2020 | 08:20

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕްރައިމަރީގައި އިއްޔެ އެމްޑީޕީން ހިންގީ ޓެރަރިޒަމްގެ އަމަލެއް ކަމަށް އިދިކޮޅު ޕީއެންސީން ބުނެފި އެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ ޕްރައިމަރީގެ ވޯޓު ބާތިލް ކުރުމަށް ފަހު ވޯޓު ފޮށީތައް އެންދުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.

އާދަމް ޝަރީފު ވަނީ ހުޅުޖެހުމާއި އަލިފާން ޖެހުމަކީ ސަގާފަތަކަށް ނެހެދުމަށް އެމްޑީޕީގެ އިސްވެރިންނަށް ގޮވާލައްވާފަ އެވެ. އަދި މިއީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓު އޮމާންކަމާއި އެކު ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވި އެވެ.

އިއްޔެ އެމްޑީޕީން ބޭއްވި ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ބާތިލް ކުރަން ނިންމީ ގއ. ދާންދޫ، ވިލިނގިލި އަދި ކޮލަމާފުށީގައި ބެހެއްޓި ވޯޓު ފޮށިތަކެވެ. އެ ދާއިރާތަކުގައި ތިބި މީހުން މީޑީއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ވޯޓު ފޮށިތައް އަންދާލީ އެމްޑީޕީ މާލޭ އޮފީހުން އަންގައިގެން ފުލުހުންގެ ހާޒިރުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް