Advertisement

މަޖިލިސް އިންތިހާބު ނާކާމިޔާބުވި ބޭފުޅަކަށް ސިޔާސީ މަގާމެއް ދެއްވައިފި

07 Jul 2019 | 15:58

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ވ. ފެލިދޫ ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވި މުހައްމަދު މަބްރޫކު އަޒީޒަށް ސިޔާސީ މަގާމެއް ދެއްވައިފިއެވެ.

މަބްރޫކަށް ދެއްވާފައިވަނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑާސެކްރެޓަރީގެ މަގާމެވެ. މި މަގާމު މަބްރޫކަށް ދީފައިވާކަން ރައީސް އޮފީހުން ކަށަވަރުކޮށްދެއެވެ.

މަޖިލިސް އިންތިހާބުގައި ފެލިދޫ ދާއިރާގެ ގޮނޑި މަބްރޫކަށް ނާކާމިޔާބުވީ 54 ވޯޓުގެ ތަފާތަކުންނެވެ. އެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރެއްވި އިބްރާހީމް ފަޟުލް ރަޝީދެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާގޮތުގައި މި ސަރުކާރުގެ ސިޔާސީ މަގާމުތައް ކުރީ ސަރުކާރުގެ ސިޔާސީ މަގާމުތަކަށްވުރެ އިތުރެއް ނުވާނެ އެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސިޔާސީ މަގާމުތަކުގެ އަދަދަކީ 337 ކަމުގައި މިދިޔަ ބުރާސްފަތި ދުވަހު، ރައީސް ވިދާޅުވިއެވެ.

އެޑިޓަރުގެ ނޯޓް

Advertisement

ކޮމެންޓް