Advertisement

ކޮޅުފުށީގައި 100 ހައުސިންގ ޔުނިޓް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

07 Jul 2019 | 14:48

މ.ކޮޅުފުށީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 100 ހައުސިންގ ޔުނިޓް އިމާރަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.

މިކަމަށް އެދި ބޭނުންވާ ފަރާތްތަކުން ބީލަން ހުށަހަޅާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މި ބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ  GC01ގެ ގްރޭޑް 1އަށް ޝަރުތުހަމަވެފައިވާ ކޮންޓްރެކްޓަރުންނަށް ކަމަށްވެސް އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ހާމަކޮށްފައި ވެއެވެ.

ބީލަން ހުށަހަޅަން ކުރީގައި ޕްލޭނިން މިނިސްޓްރީގައި ރަޖިސްޓްރީވެފައި ނެތް ކުންފުނިތަކަށް ވެސް ބިޑް ކުރެވޭނެއެވެ. ނަމަވެސް އެ މިނިސްޓްރީން ކުރިއަށްގެންދާ ބީލަންތަކުގައި ބައިވެރިވެވޭ ޤަވާއިދު ބަދަލުވެފައި ވަނީ 30 މާރޗުން ފެށިގެންނެވެ.

މިމަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 100,000.00  ޔޫ.އެސް ޑޮލަރު (އެއްލައްކަ ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ދިވެހި ރުފިޔާއިން) ހުށަހަޅުއްވަންވާނެ ކަމަށާއި، ބިޑު ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

އެ މިނިސްޓްރީން އިތުރަށް ވިދާޅުވީ، ބީލަމުގައި ބައިވެރިވުމަށް -/1500ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރު) ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެކަމުގައެވެ. ފައިސާ ބަލައިގަންނާނީ 3 ޖުލައި 2019 އިން 29 ޖުލައި 2019 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00އަށް އެމިނިސްޓްރީ އިންނެވެ.

ބީލަން ހުޅުވުން އޮންނާނީ 30 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

އެޑިޓަރުގެ ނޯޓް

Advertisement

ކޮމެންޓް