ފުލުހުންތަކެއް މީހަކަށް އަނިޔާކުރި ކަމަށް ފުލުހުން އެއްބަސްވެއްޖެ
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކުރަން ވަތްން ފުލުހުން ތަކެއް މީހަކަށް އަނިޔާ ކުރާ ވީޑިއޯ އާއްމުވެފައިވާއިރު އެކަމަށް ފުލުހުން އެއްބަސް ވެއްޖެއެވެ.
އެ ވީޑިއޯ އާއްމުވުމާއެކު ނޫސްވެރިން ވަނީ އެއީ ފުލުހުންތޯ ސުވާލުކޮށް އެ ވީޑިއޯ، ފުލުހުން ހަދާފައިވާ މީޑިއާ ގްރޫޕަށް ޝެއާ ކޮށްފައެވެ.
ޖަވާބުގައި ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ މަސްތުވާތަކެތި ޓްރެފިކް ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މ. އުޖާލާގެއަށް މިރޭ 7:35 ހާއިރު ވަދެ އެ ގެ ވަނީ ބަލާ ފާސްކޮށްފައި ކަމަށެވެ.
"އެ ގެ ރެއިޑް ކުރި އިރު ފުލުހުން ބޭނުންކުރަންޖެހޭ ވަރަށްވުރެ އިތުރަށް ބާރުގެ ބޭނުން ހިފާފައިވާތީ، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޓާޑްސް ކޮމާންޑް އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ތަހްގީގު ކުރުމަށް އެދިވަޑައިގެންފައި" އިޒްމިއާ ވިދާޅުވިއެވެ.
އިޒްމިއާ އިތުރަށް ވިދާޅުވީ މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ހަތަރު މީހަކު އެންމެ މީހަކަށް ވަރަށް އަނިޔާ ކުރާ މަންޒަރު ފެނެއެވެ. އެ ހަތަރު މީހުންނަކީ ފުލުހުން ކަމަށް ފުލުހުން މިހާރު މިވަނީ އެއްބަސްވެފައެވެ.
[contentcards url="https://www.facebook.com/100000004050760/posts/2597271496949627" target="_blank"]