ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން “އަމީނީ ޑައިމަންޑް ޖުބްލީ ރަން” ގައި ބައިވެރިވެވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ”އަމީނީ ޑައިމަންޑް ޖްބްލީ ރަން“ ގައި ބައިވެރިވެ ވަޑައިގެންފިއެވެ.
މި ހަރަކާތަކީ އަމީނިއްޔާ ސްކޫލުގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވެވި ހަރަކާތެކެވެ.
މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން ސަރުކާރުގެ ބައެއް އަންހެން ވަޒީރުންނާއި، އަމީނިއްޔާ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުދައްރިސުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފައިވާއިރު މިފަދަ ގިނަ ހަރަކާތްތަކުގައި އެކަމަނާ އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.