Advertisement

ކުރިޔަށް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށް މެޓުން ބުނެފި

14 Oct 2026 | 15:43
މޫސުން ގޯސް ދުވަހެއްގައި މާލޭގައި ފެންބޮޑުވެފައި -- ދުވަސް ފޮޓޯ: އަޒްމީ އަލީ

ކުރިޔަށް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

އެ އިދާރާއިން މައުލޫމާތުދޭގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހުމުގެ ފުރުސަތު ބޮޑެވެ. މާލެ ސަރަޙައްދަށް އެންމެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވެނީ އަންނަ ހުކުރު ދުވަހު ކަމަށް ވެސް ލަފާ ކޮށްފައިވެ އެވެ.

Advertisement

އަދި ކުރިޔަށް އޮތް ފަސް ދުވަހު ބޯކޮށް ވާރޭ ވެހޭނެ ެވެ،

މެޓުން ބުނީ ބޯކޮށް ވާރޭވެހުނު ނަމަވެސް ކަނޑާއި ވައި މަޑުވާނެ ކަމަށެވެ. ނަމަވެސް ވިލާނގަޑޫގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބުނެ އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ ބައެއް ރަށްރަށުގައި އިއްޔެ ވަނީ ފެންބޮޑުވެ ގެއްލުންތައް ލިބިފައެވެ. މިހާރުވެސް ދެކުނުގެ އަތޮޅޫތަކަށް އޮތީ ހުދު ސަމާލު ނެރެފައި އެވެ.

Advertisement

ކޮމެންޓް