ދިރާގު ގޭމާސް ގިލްޑަށް އަލަށް ގުޅިގެން އައިފޯން 18 ޕްރޯ މެކްސެއް ހޯދުމުގެ ފުރުސަތު
ދިރާގު ގޭމަރސް ގިލްޑް (ޑީޖީޖީ)އަށް އަލަށް ގުޅޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް އައިފޯން 18 ޕްރޯ މެކްސެއް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުޞަތު 2026 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް އޮންނާނެއެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޑީޖީޖީގެ ވެބްސައިޓް މެދުވެރިކޮށް ސައިންއަޕްކުރުމަށް ފަހު ޕްރޮފައިލް ވެރިފައިކުރަން ޖެހެއެވެ.
ނަސީބުވެރިޔާއަށް ލިބޭ ފޯނަކީ ބާގަންޑީ ކުލައިގެ އައިފޯން 18 ޕްރޯ މެކްސެއް ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.
ޑީޖީޖީއިން ގެންދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގޭމިން މުބާރާތްތައް ބާއްވައި، ފައިސާގެ އިނާމާ އެކު ވާދަކުރުމުގެ ފުރުޞަތު ހުޅުވައިލަމުންނެވެ. އެ ހަރަކާތްތައް މެދުވެރިކޮށް ގޭމިން ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ހުނަރު ތަރައްޤީކޮށް، ދިވެހި ގޭމް ކުޅުންތެރިންގެ މުޖުތަމަޢުގައި ފާހަގަކުރެވުމުގެ ޖާގަ ފަހިވެގެންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ޑީޖީޖީއިން ދަނީ ވާދަވެރި މުބާރާތްތައް ބޭއްވުމުގެ އިތުރުން، ދިވެހި ގޭމް ކުޅުންތެރިންނަށް ހުނަރު ދައްކައިލެވޭނެ އިތުރު ޕްލެޓްފޯމްތައް ޤާއިމުކުރުމަށް ވެސް މަސައްކަތްކުރަމުންނެވެ.