Advertisement

ގެނބުނު ޗައިނާގެ ދެ ޓޫރިސްޓަކަށް ފަރުވާ ދެނީ

12 Oct 2026 | 19:13
ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓަކު --

ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޗައިނާ ދެ ޓޫރިސްޓަކު ގެނބިގެން ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ހިނގި އެ ހާދިސާގައި ގެނބުނީ  ޗައިނާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެއް ކަމަށެވެ.

Advertisement

އެ މީހުން މާލެ ގެނެސް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ދަނި ފަރުވާ ދެމުންނެވެ. ފުލުބުން ބުނީ އެމީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

Advertisement

ކޮމެންޓް
ގުޅޭ ލިޔުންތައް