Advertisement

އައްޑޫއާއި އެއް ހާސް ކިލޯމީޓަރު ދުރަށް ބިން ހެލުމެއް އަތުވެއްޖެ، ރާއްޖެއަށް އަސަރު ނުކުރާނެ

12 Oct 2026 | 18:19
މިޑް އިންޑިއަން ރިޖް ހިމެނޭ ސަރަހައްދު ދައްކައިދޭ ޗާޓެއް --

އައްޑޫ ސިޓީ އާއި 1،245 ކިލޯ މީޓަރު ދުރަށް ބިން ހެލުމެއް އަތުވެއްޖެ އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ބިން ހެލުން އައިސްފައިވަނީ މިޑް އިންޑިއަން ރިޖް ހިމެނޭ ސަރަހައްދަށެވެ.

Advertisement

މި ބިން ހެލުން ރެކޯޑު ކުރެވިފައިވަނީ ރެކްޓާ މިންގަނޑުން 5.2 ގެ ބާރު މިނުގައި އެވެ.

އެ ސަރަހައްދަށް ބިން ހެލުން އައީ ރާއްޖޭ ގަޑިން ހަވީރު 4:28 ގައި އެވެ.

މެޓް އޮފީހުން ބުނީ މި ބިން ހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ.

Advertisement

ކޮމެންޓް
ގުޅޭ ލިޔުންތައް