Advertisement

އޯޓިޒަމާއި ނަފްސާނީ ބަލީގެ މުހިންމު ބޭހެއް ހުސްވާ ކަމުގެ ޝަކުވާ، ސްޓޭޓް ފާމާގެ ޖަވާބެއް ނުލިބޭ!

12 Oct 2026 | 15:55
ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު -- ފޮޓޯ: ސްޓޭޓް ފާމާ

މުޖުތަމައުގައި ކަންބޮޑުވުން އިތުރުވެފައިވާ ބަލިތަކަކާއި ގުޅުން ހުރި މުހިންމު ބޭހެއް ކަމަށްވާ ކްލޯނެޒެޕާމް 0.5 މިލިގްރާމްގެ ސްޓޮކް ހުސްވެދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެއީ އޯޓިޒަމް އާއި ނަފްސާނީ އަދި ހައިޕާ އެކްޓިވް ފަރާތްތަކުން ނިދުމަށް ބޭނުން ކުރާ ހާއްސަ ބޭހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި ހުރި މި ބޭހުގެ ސްޓޮކްގެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެ އެވެ.

Advertisement

މިއީ ކޮންޓްރޯލް ބޭހެއްކަމުން މިފަދަ ބޭސްތައް އަމިއްލަ ބޭސްފިހާރަތަކުން ނުވިއްކާނެ އެވެ.

ބޭސް ހުސްވެދާނެ ކަމުގެ ކަންބޮޑުވުމާއި ބޭހުގެ އާ ސްޓޮކް ލިބޭނެ ދުވަހަކާއި ގުޅޭގޮތުން 'ދުވަސް" އިން ސްޓޭޓް ފާމާ އާއި ސުވާލު ކުރުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައި އެވެ. އެކަމާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ތަކުރާރުކޮށް ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރަށާއި މީޑިއާ އޮފިޝަލަށް ގުޅައި މެސެޖު ކުރުމުންވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.

ބަލިމީހުންގެ ސިއްހަތަށް ވަރަށް މުހިންމު މިފަދަ ކަމެއްގައި ސްޓޭޓްފާމާއިން ޖަވާބުދާރީ ނުވުމަކީ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމެކެވެ. 

ދިގު މުއްދަތަށް މި ބޭސް ބޭނުންކުރާ ފަރާތްތަކަށް ކުއްލިއަކަށް ބޭސް ހުސްވުމުގެ ހާލަތު މެދުވެރިވެއްޖެ ނަމަ ހަށިގަނޑަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާނެކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

މިފަދަ އެހެން ބޭސްތައް ނުލިބޭ މައްސަލަތަކާ ގުޅިގެންވެސް ގިނަ ފަރާތްތަކުން މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރެއެވެ.


Advertisement

ކޮމެންޓް
ގުޅޭ ލިޔުންތައް