Advertisement

އަމީތާބްގެ 84 ވަނަ އުފަންދުވަސް ފާހަގަ ކުރުން، ސަޕޯޓަރުންނާއި ސަލާމެއް ނުކުރި!

12 Oct 2026 | 09:47
އަމީތާބް ބައްޗަން --

ބޮލީވުޑްގެ ލެޖެންޑް އަމީތާބް ބައްޗަން 84 ވަނަ އުފަންދުވަހު އާންމު އުސޫލުން ގެއިން ނުކުމެ، ގޭދޮށަށް އެއްވެ ތިބި ސަޕޯޓަރުންނާއި އެކު ފާހަގަ ކޮށްފި އެވެ.

އޭނާގެ އުފަން ދުވަހަކީ އޮކްޓޯބަރު 11 އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އަމީތާބު ވަނީ އުފަން ދުވަސް ފާހަގަ ކުރުމަށް މުމްބާއީގެ ގޭކައިރިއަށް އެއްވެފައިވާ މީހުން ކައިރިއަށް ނުކުމެ އަތް ހޫރައި ޝުކުރު އަދާ ކޮށްފައި އެވެ.

Advertisement

ރިޕޯޓުތައް ބުނާގޮތުގައި އެތަނުގައި ތިބި ބައެއް ސަޕޯޓަރުންނާއި އޭނާ ސަލާމްކޮށް ޝުކުރު އަދާ ކުރި އެވެ. ނަމަވެސް ކުޑަ އަންހެން ސަޕޯޓަރަކާއި އިތުރު ބަޔަކާއި އަމީތާބު ސަލާމް ކުރަން ދެކޮޅު ހަދައި ހިނިތުންވުމާއި އެކު އެނބުރި ދިޔަ ކަމަށްވެ އެވެ.

އެކަން ގިނަ ބައެއްގެ ސަމާލު ކަމަށް އައިސް ތަފާތު ޝުއޫރު ފާޅުކޮށްފައިވެ އެވެ. އެގޮތުން އަމީތާބާއި ހެދި މޮޔަވާ ސަޕޯޓަރުންނަށް އެގޮތަށް ފުރަގަސް ދިނުމަކީ ބޮޑާ މީހުންގެ ސިފައެއް ކަމަށް ބުނެފައިވެ އެވެ. އަދި އެމީހުންނާއި ސަލާމް ކުރުމުން ލިބޭނެ ގެއްލުމެއް ނެތް ކަމަށް ބުނެވެސް ހިޔާލު ފާޅުކޮށްފައިވެ އެވެ.

އަމީތާބާއި އެއްކޮޅަށް ވާހަކަ ދެއްކި މީހުން ވަނީ ހުރިހާ އެންމެންނާއި ސަލާމް ނުކުރިޔަސް އެއީ މައްސަލައެއް ނޫން ކަމަށް ބުނެފައި އެވެ. އެހެން މީހަކު ބުނީ ބެލެވޭ ގޮތުގައި ސެކިއުރިޓީންނާއި ކައިރިވެ އަމީތާބާއި މާ ކައިރިވާން އުޅުމުން ސަލާމް ނުކުރީ އެވެ.

އަމީތާބުގެ އުމުރުން 84 އަހަރު ވީއިރު އޭނާ އަދިވެސް ފިލްމީ މަސައްކަތްތައް ކުރެ އެވެ. އަމީތާބް ދެން ފެންނާނީ 'ކަލްކީ 2898 އޭޑީ' ގެ ދެވަނަ ބައިންނެވެ.

ނާގް އަޝްވިން ޑައިރެކްޓް ކުރާ މި ފިލްމުގައި އޭނާ ކުޅޭނީ ފުރަތަމަ ބައިން ވެސް ފެނުނު އަޝްވައްތާމާގެ ރޯލެވެ. ކަމަލް ހާސަން އާއި ޕްރަބާސް ވެސް ލީޑް ރޯލުތަކުން ދެވަނަ ބައިގައި ފެންނާނެއެވެ. ފުރަތަމަ ބައިގައި ދީޕިކާ ޕަދުކޯން ފެނުނު ނަމަވެސް ދެވަނަ ބައިގައި އޭނާ ނުހިމެނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ދީޕިކާގެ ބަދަލުގައި ސާއީ ޕައްލަވީ ފެންނާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ރަސްމީ ގޮތުން އެކަން ކަށަވަރުވެފައެއް ނުވެއެވެ. ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.4

Advertisement

ކޮމެންޓް
ގުޅޭ ލިޔުންތައް