Advertisement

އިންޑިއާއިން ލަންކާއަށް ޓީބީ ބޭސް ހަދިޔާކޮށްފި

11 Oct 2026 | 22:19
އިންޑިއާއިން ލަންކާއަށް ޓީބީ ބޭސް ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --

އިންޑިއާ ސަރުކާރުން، ސްރީލަންކާގައި ޓީބީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށް ބޭސް ލިބުން މެދެކެނޑުނަ ނުދިނުމަށް، 52 މިލިއަން ރުޕީސްގެ އަގުހުރި ޓީބީ ބަލީގެ ޒަރޫރީ ބޭސް ހަދިޔާކޮށްފިއެވެ.

ލަންކާގެ ސިއްހީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ބޭހުގެ އެހީ ހަވާލުކޮށްދެއްވީ ސްރީލަންކާގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ސަންތޯޝް ޖާއެވެ. މި އެހީއާ ސްރީލަންކާގެ ފަރާތުން ހަވާލުވެވަޑައިގަތީ އެގައުމުގެ ސިއްހަތާއި މީޑިއާއާ ބެހޭ ވަޒީރެވެ.

Advertisement

މި އެހީއަކީ ސްރީލަންކާ ސަރުކާރުން އެދުމާއި ގުޅިގެން، އިންޑިއާގެ ސިއްހަތާއި ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު ފޯރުކޮށްދިން އެހީއެކެވެ. މި ކޮންސައިންމަންޓުގައި ގާތްގަނޑަކަށް 3 ޓަނުގެ ޒަރޫރީ ބޭސް ހިމެނޭއިރު، އޭގެ ތެރޭގައި 1.5 މިލިއަނަށްވުރެ ގިނަ ޓެބްލެޓް ހިމެނެއެވެ. މިއީ ޓީބީ ބައްޔަށް ފަރުވާ ކުރުމުގައި ބޭނުންކުރާ މައިގަނޑު ފުރަތަމަ މަރުހަލާގެ ބޭސްތަކެކެވެ.

މި އެހީއަކީ އިންޑިއާއިން ސްރީލަންކާގެ އާންމު ސިއްހީ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގެ އަ나ެއް ހެއްކެކެވެ. އެގޮތުން މި އަހަރުގެ އޮގަސްޓް މަހު ވެސް ޑެންގީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ސްރީލަންކާ ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާއިން ވަނީ 500 ލީޓަރުގެ ޓެކްނިކަލް މެލަތިއަން ހަދިޔާކޮށްފައެވެ.

Advertisement

ކޮމެންޓް