Advertisement

ވ. ތިނަދޫ ކައުންސިލް ރައީސްގެ ބައި އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލައިފި

11 Oct 2026 | 16:46
ޝުޖާއުޱނަ

ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި އިލެކްޝަނަށް ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

އީސީން ކުރި އިޢުލާނުގައިވާ ގޮތުން، އެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ. ކުރިމަތިލުމުގެ ސުންގަޑި އަކީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

Advertisement

މި ގޮނޑި ހުސްވީ ކައުންސިލް ރައީސް ޢަލީ ޝުޖާޢު ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އިންތިޚާބުވުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ. ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކައުންސިލަށް ހޮވޭ ފަރާތެއް ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ މަޤާމު ގެއްލޭނެ ކަމަށް ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުން މިދިޔަ ޖޫންގެ 30 ވަނަ ދުވަހު ޝުޖާޢުގެ މަޤާމު ގެއްލިފައިވާ ކަމަށް ކަނޑައެޅިއިރު، ޖޫން މަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޑުކޮށްފައެވެ. އެ މުއްދަތުގައި ކައުންސިލް ހިންގެވީ ނައިބު ރައީސެވެ. އެލްޖީއޭއިން ރަސްމީކޮށް ގޮނޑި ގެއްލިފައިވާ ކަމަށް ނިންމީ މިދިޔަ ޖުލައި 19 ވަނަ ދުވަހުއެވެ.

ޝުޖާޢު "މިހާރު" ނޫހަށް ވިދާޅުވެފައި ވަނީ އެމްޑީޕީއާ ގުޅިވަޑައިގަތީ ދަ ޑިމޮކްރެޓްސް އުވާލާފައިވާ ކަމަށް މިދިޔަ އެޕްރީލް 23 ގައި އީސީން ޕާޓީ ހިންގާ ފަރާތްތަކަށް އެންގުމުން ކަމަށެވެ. ޝުޖާޢު ވިދާޅުވީ މިދިޔަ މެއި މަހު ހުވާކުރެއްވުމުގެ ކުރިން ވެސް ޕާޓީ އުވާލައިފައިވާ ކަމަށް އީސީން އެންގި ކަމަށާއި، އެއް ޕާޓީ ދޫކޮށް އަނެއް ޕާޓީއާ ގުޅުނު ކަމަށް މާނަކުރެވޭނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.

މި ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް