Advertisement

ވެކްސިން ނިޒާމަށް ގެނައި ބަދަލާއެކު ބަންގްލަދޭޝްގައި ހިމަބިހީގެ ބަލިމަޑުކަން ނުރައްކާތެރި ދަރަޖައަކަށް!

11 Oct 2026 | 20:25
ބަންގަދޭޝްގައި ހިމަޖެހިފައި ތިބި ބަޔަކަށް ފަރުވާ ދެނީ --

ޔުނިސެފުގެ އިންޒާރަށް ނުބަލައި ބަންގްލަދޭޝްގެ އިންތިޤާލީ ސަރުކާރުން ވެކްސިން ގަތުމުގެ ނިޒާމަށް ބަދަލުގެނައުމުގެ ސަބަބުން، އެ ޤައުމުގައި ހީސަލްސްގެ ބަލިމަޑުކަން ނުރައްކާތެރި ދަރަޖައަކަށް ފެތުރެމުން އެބަދެ އެވެ.

ރިޕޯޓުތައް ބުނގޮތުގައި އެ ބަލި ކޮންޓްރޯލްކުރުމަށްޓަކައި އެ ގައުމުގެ ޞިއްޙީ އިދާރާތަކުން މިހާރު ވަނީ ޤައުމީ ފެންވަރުގެ ކުއްލި ވެކްސިނޭޝަން ކެމްޕޭނެއް ފަށާފައެވެ.

Advertisement

ދަ ޑެއިލީ ސްޓަރ ނޫހުގައި ބުނެފައިވާގޮތުގައި، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން އޯޕަން ޓެންޑަރ ނިޒާމަކަށް ބަދަލުވުމުގެ ސަބަބުން ވެކްސިން ލިބުން ލަސްވެ، 32,000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި، 250 އަށްވުރެ ގިނަ ކުޑަކުދިން ވަނީ މަރުވެފައެވެ. މީގެ އިތުރުން މި ބަލިމަޑުކަން މިހާރު ވަނީ ބަންގްލަދޭޝްގެ 64 ޑިސްޓްރިކްޓުގެ ތެރެއިން 58 ޑިސްޓްރިކްޓަކަށް ފެތުރިފައެވެ.

މި ނުރައްކާތެރި ޙާލަތުން އަރައިގަތުމަށްޓަކައި ބަންގްލަދޭޝް ސަރުކާރުން ވަނީ އަލުން ޔުނިސެފް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އަދި ދުނިޔޭގެ އެކި ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭ އިއްތިހާދު ގަވީ އާއެކު މަސައްކަތް ފަށައި، ވެކްސިން ނުޖެހި ތިބި މިލިއަނަކަށްވުރެ ގިނަ ކުޑަކުދިންނަށް އަމާޒުކޮށްގެން އިމަޖެންސީ ވެކްސިން ދިނުމާއި ވިޓަމިން އޭ ބެހުމުގެ ޕްރޮގްރާމްތައް އަލުން ފަށާފައެވެ.

މީގެ އިތުރުން، ވެކްސިން ގަތުމުގެ ނިޒާމަށް ގެނެވުނު ބަދަލުތަކުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރިކަމަށް ބުނެ ވަކީލަކު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއްވެސް ހުށަހަޅާފައެވެ.

Advertisement

ކޮމެންޓް