Advertisement

މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނި %12.7 އިތުރުވެއްޖެ

11 Oct 2026 | 17:12
މީރާގެ އޮފީސް --

ސެޕްޓެންބަރު މަހު ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ޖުމްލަ 2.69 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އިދާރާގެ ތަފާްސް ހިސާބުން ދައްކައިފި އެވެ.

އެއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި ޢަދަދަށް ވުރެ %12.7 އިތުރު ޢަދަދެއް ކަމަށް މީރާއިން ބުނެފައިވެ އެވެ.

Advertisement

އަންދާޒާއަށް ވުރެ އާމްދަނީ މައްޗަށް ދިޔައީ މައިގަނޑު ތިން ދާއިރާއަކުން ލިބުނު ފައިސާ އިތުރުވެގެން ކަމަށް މީރާއިން ހާމަކޮށްފައިވެއެވެ. އެ ގޮތުން ޖީއެސްޓީގެ ޢާމްދަނީ އާއި ރިޒޯޓުތަކުގެ ކުލީގެ ޢާމްދަނީ އަދި ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނެގޭ ޓެކުހުގެ ޢާމްދަނީ ފާހަގަކޮށްފައިވެއެވެ.

ޚާއްޞަކޮށް ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) މައްޗަށް ގޮސްފައިވަނީ އެ މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު %18 އިތުރުވުމާ ގުޅިގެންނެވެ. ރިޒޯޓު ކުލީގެ ގޮތުގައި ލިބުނު ފައިސާ ވެސް ކުރިން ލަފާކުރި މިންވަރު ފަހަނައަޅައި ގޮސްފައިވެއެވެ.

ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅައިބަލާ އިރު މި ފަހަރުގެ ޢަދަދަކީ %10.7 ގެ ދަށްވުމެކެވެ. އެހެންނަމަވެސް ކުރީ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ޖުމްލަ ލިބިފައިވާ ޢާމްދަނީއާ މި އަހަރުގެ އެ މުއްދަތާ އަޅައިކިޔާ އިރު %8.9 ގެ ކުރިއެރުމެއް ފެނެއެވެ.

މީރާއިން ބުނެފައިވާ ގޮތުގައި ސެޕްޓެންބަރު މަހު ލިބުނު ޖުމްލަ ޢާމްދަނީގެ %15.8 އަކީ ކުރީގެ ސުންގަޑިތަކަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާއެވެ. ޓެކްސް އިދާރާއިން ކޮންމެ މަހެއްގެ ޢާމްދަނީ ތަފްސީލާ އެކު ޢާންމުކޮށް ހާމަކުރެއެވެ.

Advertisement

ކޮމެންޓް