Advertisement

އިއްޔެ ރާއްޖޭގައި މަރުވި ސާޖިބު - ޢާއިލާއިން ޝައްކު ކުރަނީ ރޫމް މޭޓުން ކުރި ކަމެއް ކަމަށް، އެ ރޫމް މޭޓުން ފިލައިފި ކަމަށްވެސް ތުހުމަތު ކުރޭ

11 Oct 2026 | 11:05
-

ރާއްޖޭގައި މަސައްކަތްކުރަމުން ދިޔަ ބަންގުލަދޭޝްގެ 27 އަހަރުގެ ޒުވާނެއް ދިރިއުޅެމުން ދިޔަ ކޮޓަރީގައި ދަންޖެހިފައި ހުއްޓައި ފެނުމާ ގުޅިގެން، އެ ކޮޓަރީގައި ދިރިއުޅުނު ތިން ރޫމްމޭޓުން ވީނުވީ ތަނެއް ނޭނގި ގެއްލިފައިވާކަމަށް މަރުވި މީހާގެ ޢާއިލާއިން ތުހުމަތުކޮށްފިއެވެ.

މަރުވެފައި ވަނީ ބަންގުލަދޭޝްގެ ކުމިއްލާގެ މަހާލަކްޝްމީޕާރާ އުއްތަރަޕާރާއަށް ނިސްބަތްވާ އަބްދުލް ހާލެކްގެ ދަރިއެއް ކަމުގައިވާ މުހައްމަދު ސޮހެލް ނުވަތަ ސާޖިބެވެ. ސާޖިބުގެ ހަށިގަނޑު ފުލުހުން ކޮޓަރިން ނެގުމަށްފަހު ޕޯސްޓްމޯޓަމް ހެދުމަށް ހޮސްޕިޓަލަށް ފޮނުވާފައިވެއެވެ. މި ހަބަރު ސާޖިބުގެ އާއިލާއަށް ލިބިފައި ވަނީ އޮކްޓޫބަރު ނުވައެއްގެ ރޭ ރާއްޖޭގައި ތިބި ބަންގުލަދޭޝް ރައްޔިތުން ފޯނުން ގުޅައިގެންނެވެ.

Advertisement

ސާޖިބުގެ ދެބެންގެ ދެދަރި ބޭބެ މުހައްމަދު ސޮހެލް ބުނީ، ސާޖިބާ އެކު އެ ކޮޓަރީގައި ދިރިއުޅުނު ތިން މީހުން — ކުމިއްލާގެ ބަރޫރާ އުޕަޒިލާއަށް ނިސްބަތްވާ ދެ މީހަކާއި ނޭޕާލް ރައްޔިތެއް — ފުލުހުން ހަށިގަނޑު ނެގި ވަގުތު އެތާކު ނެތް ކަމަށެވެ. އެ ތިން މީހުން ވީ ތަނެއް މިހާތަނަށް އެނގިފައި ނުވާކަމަށް ޢާއިލާއިން ތުހުމަތު ކުރެއެވެ.

އާއިލާ މެންބަރުންގެ ތުހުމަތަކީ، މިއީ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ދެއްކުމަށް ރޭވިގެން ހިންގާފައިވާ އަމަލެއް ކަމެވެ. ނަމަވެސް އެ ތުހުމަތު ސާބިތުކޮށްދޭ އެއްވެސް ހެއްކެއް އަދި ފެންމަތިވެފައެއް ނުވެއެވެ. ރާއްޖޭ ފުލުހުން ވެސް މި ހާދިސާއާ ގުޅޭ ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

ސާޖިބަކީ ކައިވެންޏެއް ނުކޮށް ހުރި ޒުވާނެކެވެ. އާއިލާއަށް މާލީ އެހީ ފޯރުކޮށްދިނުމުގެ ބޭނުމުގައި އޭނާ ރާއްޖެ ބަދަލުވީ ގާތްގަނޑަކަށް ތިން އަހަރު ކުރިންނެވެ. ސާޖިބުގެ މަރުގެ ހަބަރާ އެކު ކުމިއްލާގެ އެ ސަރަހައްދުގެ ރައްޔިތުން ފުން ހިތާމައެއްގައި ތިބި އިރު، އާއިލާ އާއި ރަށުގެ މީހުން ގޮވައިލަނީ މި މައްސަލަ ފުރިހަމައަށް އަދި ވަކި ފަރާތަކަށް ނުޖެހި ތަހުގީގުކޮށްދިނުމަށެވެ. ހަމައެއާ އެކު ސާޖިބުގެ ހަށިގަނޑު ވީ އެންމެ އަވަހަކަށް ގައުމަށް ގެންގޮސްދިނުމަށް އެހީތެރިވެދިނުން އެދި އާއިލާ ވަނީ ބަންގުލަދޭޝްގެ ހާރިޖީ މިނިސްޓްރީ އާއި ކަމާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކުގައި އެދިފައެވެ.

Advertisement

ކޮމެންޓް
ގުޅޭ ލިޔުންތައް