Advertisement

ގަލޮޅު ގެއަކަށް ވަދެ ފޭރުނު ބަޔަކު ހައްޔަރުކޮށްފި

09 Oct 2026 | 22:40
ފޭރުނު މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައި --

މާލޭ ގަލޮޅުގައި ހުންނަ ގެއަކަށް ވަދެ ފޭރުނު މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިކަން ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

Advertisement

އެގެއިން އެމީހުން ފޭރުނީ ކޮންއެއްޗެއް ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

ސޯޝަލް މީޑިއާގެ ޕޯސްޓްތަކުގައި ބުނެފައިވާ ގޮތުގައި އެގެއިން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވެ އެވެ. އަދި އެ ފައިސާ ގެންދިޔައީ މޫނު ނިވާކޮށްގެން ތިބި ދެ މީހުން ވަދެ އެ ގޭގައި ތިބި ތިން މީހަކު ރަހީނު ކުރުމަށް ފަހު ކަމަށްވެ އެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް