Advertisement

އިޒްރޭލު ބާރާއި އެކު ހަނގުރާމަ ކުރަނީ ފްރާންސް ފަދަ ގައުމުތަކާއި ހެދި: އެމްނެސްޓީ

09 Oct 2026 | 15:39
އެމްނެސްޓީން ފްރާންސްގައި ބޭއްވި އެއްވުމެއް --

އިސްތިއުމާރީ އިޒްރޭލަށް އަސްކަރީ ސާމާނު ފޯރުކޮށްދިނުން 2025 ވަނަ އަހަރު ފްރާންސުން އިތުރުކޮށްފައިވާ ކަމަށް ބުނެ، އެމްނެސްޓީ އިންޓަނެޝަނަލްގެ ފްރާންސް ގޮފިން ފްރާންސް ސަރުކާރަށް ފާޑު ކިޔައިފިއެވެ.

އެ ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރު 16.1 މިލިއަން ޔޫރޯގެ އަސްކަރީ ސާމާނު އިޒްރޭލަށް ފޮނުވި އެވެ. އެއަދަދު 2025 ވަނަ އަހަރު 19.8 މިލިއަން ޔޫރޯ (22.1 މިލިއަން ޑޮލަރު) އަށް އިތުރުކޮށްފައިވެ އެވެ.

Advertisement

މި ތަފާސް ހިސާބުތައް ނެގީ ހަތިޔާރު އެކްސްޕޯޓާ ގުޅޭ ގޮތުން ފްރާންސްގެ ޑިފެންސް މިނިސްޓްރީން ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ރިޕޯޓުން ކަމަށް އެމްނެސްޓީން ބުނެފައިވެއެވެ. އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި، ހޫނު މޫސުމުގައި ޝާއިޢުވި މި މަޢުލޫމާތަށް ފްރާންސްގައި މާ ބޮޑު ސަމާލުކަމެއް ލިބިފައެއް ނުވެއެވެ

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އެމްނެސްޓީން ޕޯސްޓުކުރި ގޮތުގައި، "އިޒްރޭލު ސަރުކާރުން ޣައްޒާގައި ހިންގަމުންދާ ގަތުލުޢާންމަށް ތިން އަހަރު ފުރިއްޖެ" ކަމަށާއި، "އެކަން ހުއްޓުވެން ނެތީ ކީއްވެ؟ ސަބަބަކީ އެހެން ޤައުމުތަކުގެ އެއްބާރުލުމާ ހިފެހެއްޓުމަށް އިޒްރޭލަށް ބަރޯސާ ކުރެވޭތީ" ކަމަށެވެ. 

އެ ޖަމާއަތުން ބުނީ ބޮޑެތި ގައުމުތަކުން އުފައްދާ ހަތިޔާރު އިޒްރޭލުން ގަންނަން ބޭނުންވުމަކީ އެ ގައުމުތަކަށް ލިބޭ ފައިދާއެއް ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޣައްޒާގައި އިޒްރޭލުން ގަތުލުޢާންމު ފެށީއްސުރެ، ފަލަސްޠީނުގެ 74,200 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 175,200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްޠީނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

އެ ސަރަޙައްދުގެ 90 އިންސައްތަ ޢުމްރާނީ ވަސީލަތްތަކަށް ގެއްލުންވެ ނުވަތަ ސުންނާފަތިވެފައިވެއެވެ.

Advertisement

ކޮމެންޓް