Advertisement

ރަޝިޔާގެ ލެބް މުވައްޒަފުގެ މަރާ ގުޅިގެން އެހެން ގައުމުތަކަށް ނުރައްކަލެއް ނެތް: ޑަބްލިއުއެޗްއޯ

07 Oct 2026 | 12:43
-

ރަޝިޔާގެ ސައިބީރިއާގައި ހުންނަ ނުރައްކާތެރި ޖަރާސީމު ދިރާސާކުރާ މަރުކަޒެއްގައި މަސައްކަތް ކުރި 28 އަހަރުގެ އަންހެނެއް ކަމަށްވާ ޑާރިޔާ ޝިޕިލޯވާ ޕްލޭގް ބަލީގައި މަރުވުމާއި ގުޅިގެން އެހެން ގައުމުތަކަށް ނުރައްކަލެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

އޭނާ މަރުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ލެބޯޓްރީގައި މަސައްކަތް ކުރަމުން ދަނިކޮށް، "ޔަރްސީނިއާ ޕެސްޓިސް" ކިޔާ ޕްލޭގް ބެކްޓީރިއާ ހުރި ޓެސްޓް ޓިއުބެއް އަތުން ވެއްޓި ތެޅުނު ފަހުން ވީ ބައްޔެއްގަ އެވެ. މި ހާދިސާއަށް ދެ ދުވަސް ފަހުން އޭނާއަށް ނޭވާލާން އުނދަގޫވެ، ހާލު ދެރަވުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާ ދެނިކޮށް މަރުވީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.

Advertisement

ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމަޔާ ބުނީ ރަޝިއާއިން ބޭރަށް ބަލީގެ ނުރައްކާ އޮތް މިންވަރު "ވަރަށް ކުޑަ" ކަމަށެވެ. މިއީ ކޯވިޑް-19 ފަދަ ބަލިމަޑުކަމަކާ ގުޅޭ ކަމެއް ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށެވެ.

ރަޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އަންހެން މީހާ އާއި ގުޅުން ހުރި 200 އެއްހާ މީހުން ކަރަންޓީނު ކޮށްފައި އެވެ. އެ އަންހެން މީހާގެ ގައިން ނުރައްކާތެރި ބައްޔެއްގެ ޖަރާސީމެއް ފެނިފައި ނުވާ ކަމަށާއި، އެމީހެއްގެ ގައިން ބަލީގެ އަލާމާތެއްވެސް ނުފެންނަ ކަމަށް ބުންޏެވެ.

އަދި ހާލަތު ހަމައަކަށް އެޅިފައިވާ ކަމަށް ރަޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ.

ނިއުމޮނިކް ޕްލޭގަކީ ފުއްޕާމެއަށް ޖެހޭ ބާވަތުގެ ތާޢޫނެއް ކަމަށް ވާއިރު، ފަރުވާ ނުލިބިއްޖެ ނަމަ ފުރާނައަށް ނުރައްކާވެދާނެ ނަމަވެސް، ވަގުތު ފާއިތު ނުވަނީސް ފަރުވާ ލިބިއްޖެ ނަމަ ރަނގަޅުވާ ނިސްބަތް މަތި ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ.

ޑަބްލިއުއެޗްއޯއިން މިހެން ބުނި ނަމަވެސް އެމެރިކާއިން ދަނީ ހީކުރާ ވަރަށްވުރެ ސީރިއަސް ބައްޔެއްގައި ގޮތުގައި ބަލި ބަލަން ޖެހޭ ކަމަށެވެ. މި ބައްޔާއި ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް މަޝްވަރާ ކުރުމަށް ރަޝިޔާގެ ރައީސް ވްލަޑްމިއާ ޕުޓިންއަށް ވަރަށް އަވަހަށް ގުޅާނެ ކަމަށް ބުނެފައިވެ އެވެ.

ނިއުމޯނިކް ޕްލޭގް ޖައްސާ ބެކްޓީރިއާ ޔާސީނިއާ ޕެސްޓިސް އާންމުކޮށް ފެންނަނީ ކުދި ޖަނަވާރުންނާއި އެ ތަކެތީގެ އުކުނުންނެވެ.

Advertisement

ކޮމެންޓް