Advertisement

ފަޅުރަށަކަށް ގޮސް އުޅުނު ކޮލަމާފުށީ މީހަކު ނިޔާވެއްޖެ

06 Oct 2026 | 16:33
-

ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ކަޅެހުއްޓާ ފަޅުރަށަށް ގޮސް އުޅެނިކޮށް ހާލު ސީރިއަސްވި 45 އަހަރުގެ ފިރިހެނަކު މިއަދު މެންދުރުފަހު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ގއ. ކޮލަމާފުށި އުދަރެސް އަހްމަދު މިސްހާގެވެ. އޭނާގެ ހާލު ދެރަވެގެން މެންދުރުފަހު 14:30 ހާއިރު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

Advertisement

އެ ހޮސްޕިޓަލުން ވަނީ މިސްހާގު ނިޔާވި ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

މާތް ﷲ އަހްމަދު މިސްހާގަށް ރަހްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވާށިއެވެ.

Advertisement

ކޮމެންޓް