Advertisement

ދ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރުނު ދެ ޓޫރިސްޓަރު މަރުވެފައި އޮއްވަ ފެނިއްޖެ

06 Oct 2026 | 16:40
ދ. އަތޮޅު ހޮސްޕިޓަލް --

ދ. ކަނޑިންމަ ރިސޯޓުގައި މޫދަށް އެރުނު ދެ ޓޫރިސްޓަކު މަރުވެފައި އޮއްވަ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ދ. އަތޮޅު ރިސޯޓެއްގައި މުދަށް އެރި އުޅުނު ފަތުރުވެރިޔަކު ހަބަރު ހުސްވެފައި މޫދުގައި އޮއްވާ ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުންނަށް ހާދިސާ ރިޕޯޓު ކުރީ ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލަށް އެ ދެމީހުން ގެންދަމުންނެވެ.

Advertisement

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި އެ ޓޫޜިސްޓުން މަރުވެފައިވަނީ ވޯޓާ ވިލާއަކުން މޫދަށް ފައިބައިގެން އުޅެނިކޮށް ގެނބިގެންނެވެ. އެމީހުން މޫދުން ނެގި އިރުވެސް އޮތީ މަރުވެފައި ކަމަށް ބުނެފައިވެ އެވެ.

Advertisement

ކޮމެންޓް