Advertisement

ރައްކާ ރޯޑްޝޯ ގދ. އަތޮޅުގައި އޮކްޓޫބަރު މަހު ފެށުމަށް ތައްޔާރުވެއްޖެ

06 Oct 2026 | 23:09
-

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "ރައްކާ ރޯޑްޝޯ" ގދ. އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި އަހަރުގެ ރޯޑްޝޯ ކުރިއަށް ދާނީ 2026 އޮކްޓޫބަރު 9 އިން 19 އަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ގދ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ތަފާތު ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. މި ޕްރޮގްރާމް ކުރިއަށް ދަނީ "ރަނގަޅުކޮށްލާ" މި ޝިޢާރުގެ ދަށުންނެވެ.

Advertisement

ރޯޑްޝޯގެ ތެރެއިން ރޯޑް ސޭފްޓީ ވޯކާއި، ޓީމް ބިލްޑިންގ ހަރަކާތްތަކާއި، ބީޗް ބްލާސްޓް އިވެންޓުތަކާއި، ކުއިޒް މުބާރާތްތަކުގެ އިތުރުން ބަށި އަދި ބާސްކެޓް މުބާރާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމާއި ފަހިރާސްތާ ޕްރޮގްރާމް ވެސް ކުރިއަށްދާނެއެވެ. އަދި މަގުމަތީގެ ގަވާއިދުތަކަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާންމުން އަހުލުވެރިކުރުވުމަށް ޚާއްޞަ ސެޝަންތަކެއް ބާއްވައި، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ބިލްބޯޑު އެކި ރަށްރަށުގައި އިފްތިތާޙުކުރެވޭނެއެވެ.

މި ޕްރޮގްރާމަކީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި ކައުންސިލްތަކާ އަދި އަމިއްލަ ކުންފުނިތަކާ ގުޅިގެން ހިންގާ ހަރަކާތެކެވެ. މި އަހަރުގެ ޕާޓްނަރުންގެ ތެރޭގައި އޫރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް، އެމްޓީސީސީ، އަވަސް އަދި ހޮންޑާ (ޝީޝާ) ހިމެނެއެވެ.

Advertisement

ކޮމެންޓް