Advertisement

މެލޭޝިއާގައި ކާރު އެކްސިޑެންޓުގައި ނިޔާވި ދިވެހި ދަރިވަރުގެ ޖަނާޒާ މިރޭ ބާއްވަނީ

06 Oct 2026 | 15:11
ދިވެހި ދަރިވަރު އެކްސިޑެންޓުވި ކާރު --

މެލޭޝިއާގެ ސަންވޭ ސަރަހައްދުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި ކާރު އެކްސިޑެންޓުގައި ނިޔާވި ދިވެހި ދަރިވަރުގެ ކަށުނަމާދު މިއަދު ބާއްވަން ހަމަޖައްސައިފި އެވެ.

އެ ހާދިސާގައި ނިޔާވީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އާމިނަތު އިމީލީ ނާޒިމެވެ. ނިޔާވި އިރު އޭނާ ދިޔައީ މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގައި ތަޢުލީމު ހާސިލުކުރަމުންނެވެ.

Advertisement

އިމީލީގެ ޢާއިލާއިން ހާމަކޮށްފައިވާ ގޮތުގައި ކަށުނަމާދު ބާއްވަން ހަމަޖައްސާފައިވަނީ ސުބަންގް ޖާޔާގެ މޮސްކް އަލް އިސްޔާދު އެންޑް މުސްލިމް ސިމެޓްރީގައި މިރޭ މަޣްރިބް ނަމާދަށް ފަހުގައެވެ.

ޝޮޕިން މޯލަކަށް ގޮސް އެނބުރި ގެއަށް ދަތުރުކުރަމުން ދިޔަ މަގުމަތީގައި ހިނގި މި އެކްސިޑެންޓުގައި އިމީލީއާ އެކު ދަތުރުކުރި އިތުރު ދަރިވަރަކަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.

ވެރިރަށް ކުއާލަލަމްޕޫރު ކައިރީ ސަންވޭ ސަރަހައްދުގައި ހިނގި މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފައިވެ އެވެ. އަދި މެލޭޝިއާ ފުލުހުން ވަނީ ކާރު ދުއްވި އިރު އޭނާ އިނީ މަސްތުގެ ހާލަތުގައި ކަމަށް ކޯޓުގައި ބުނެފައި އެވެ.

ކޯޓުން ވަނީ ޑްރައިވަރުގެ ބަންދަށް ހަތަރު ދުވަސް ޖަހާފައި އެވެ. 

މި މައްސަލަ މެލޭޝިއާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

ކޮމެންޓް