Advertisement

މިއީ އިންޓަނެޓް ފަތަހަ ކުރަމުންދާ އިންޑިއާގެ ފެޝަން ދަނޑުވެރިޔާ ނިޝާންތު ކެރްކެއްޓާ!

05 Oct 2026 | 17:38
ނިޝާންތު ކެރްކެއްޓާ --

އިންޑިއާގެ ޖާރްކަންޑަށް ނިސްބަތްވާ ދަނޑުވެރިއެއް ކަމުގައިވާ ނިޝާންތު ކެރްކެއްޓާ ދަނޑުވެރިކަމާއި ފެޝަން ގުޅުވައިގެން ހެދި ކޮންޓެންޓުން ސޯޝަލް މީޑިއާގައި ބޮޑު މަޝްހޫރުކަމެއް ހޯދަމުން އެބަ އެވެ.

އޮކްޓޫބަރު ފަހެއްގައި ނިޝާންތު އިންސްޓަގްރާމްގައި ޝާއިޢުކުރި އެންމެ ފަހުގެ ރީލްސްގައި ފެންނަނީ ޖާރްކަންޑުގެ ރަށްފުށު ދަނޑުބިމެއްގައި ވިއްސާރަ ދުވަހެއްގައި ހުސް ފައިގައި ކެމެރާއާ ދިމާއަށް ހިނގާފައި އަންނަ މަންޒަރެވެ. އެ ވީޑިއޯގައި އޭނާ ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ދައްކާލުމުގެ ގޮތުން ކޮންމެސް ބާވަތެއްގެ އޮއްތަކެއް ބިން މައްޗަށް އުކާލުމަށް ފަހު ވަރަށް ފެޝަން ގޮތަކަށް ހިނގާލާފައި ދެ އެވެ.

Advertisement

މި ވީޑިއޯ ވައިރަލްވެ ބޮލީވުޑްގެ ތަރިން ކަމުގައިވާ ބޫމީ ޕެޑްނޭކާ، ޝިބާނީ ޑަންޑޭކާ އާއި އަނޫޝާ ޑަންޑޭކާގެ ސަމާލުކަމަށް ނިޝާންތު ވަނީ އައިސްފައި އެވެ.

ނިޝާންތުގެ އިންސްޓަގްރާމް ޕްރޯފައިލް ބަލައިލުމުން ޢާންމު ދަނޑުވެރިއެއްގެ ޕޭޖެއްހެން ހީނުވެއެވެ. ފުރަތަމަ ނަޒަރުން އެ ޕޭޖު ސިފަވަނީ ފިރިހެނުންގެ ފެޝަން ޕޯޓޯފޯލިއޯއެއް ފަދައިން ކަމަށް އިންޑިއާގައި އޭނާއަށް ތައުރީފުކޮށް ވާހަކަ ދައްކާ މީހުން ސޯޝަލް މީޑީއާގައި ބުނެފައިވެ އެވެ.

ނިޝާންތު ކެރްކެއްޓާ --


ބޮޑު ގޯއްޗެއް އޮތް އާދައިގެ ގެއެއްގެ ތެރޭގައި އޭނާ ނަގާފައި ހުންނަ ވީޑިއޯތަކުން ފެންނަނީ ދަނޑުވެރިކަމުގެ އިތުރުން ތަފާތު ޑިޒައިންތަކާއި ކުލަތަކުން ފުރިގެންވާ ހެދުންތަކާއި ފަޓުލޫނު ތަކެވެ. ދަނޑުބިންތަކަށް ގަހުކާނާ އުކާފަދައިން ރީލްތަކުގައި ހެދުން ބަދަލުކޮށްލައެވެ.

މި ރީލްތަކާއި އެކު މިހާރު ބެލުންތެރީން ވަނީ ނިޝާންތަށް "އޯރާ ފާމާ" ގެ ނަން ދީފައެވެ. 

ނިޝާންތުގެ ކޮންޓެންޓު ތަފާތުވަނީ ފެޝަނަބަލް ވުމަށް ރަށްފުށުގެ ދިރިއުޅުން ދޫކޮށް ނުލައި މަސައްކަތު ދިރިއުޅުން ސިއްރު ނުކޮށް، ދަނޑުވެރިއެއްގެ ގޮތުގައި ހުރެ ފެޝަން ދައްކައިދޭތީ ކަމަށް އާންމުން ބުނެފައިވެ އެވެ.

Advertisement

ކޮމެންޓް