ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މީޑިއާ އާއި ހިއްސާ ކުރި މައުލޫމާތުގައި ބުނެފައިވަނީ އެ މައްސަލަ ހުށަހެޅީ އުތުރުގެ ރަށަކުން ކަމަށެވެ. ފުލުހުންނަށް ހުށަހަޅާފައިވަނީ 18 އަހަރުން ދަށުގެ ކުޑަ ފިރިހެން ކުއްޖަކށް ޖިންސީ ގޯނާ ކުރި މައްސަލަ އެކެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާކަން ހާމަ ކުރުން ފިޔަވައި އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ ބޭބެ އެވެ. އަދި ފިރިހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ އިތުރުން މަންޒަރު ވީޑިއޯކޮށް އާންމު ކޮށްފައިވާ ކަމަށްވެ އެވެ.
މިދިޔަ މަހުވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ދެ މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. އޭގެން އެއް މައްސަލައިގަ ހިމެނޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ބައްޕަ އެވެ.