ހޮޓެލް އޭޝިއާ މޯލްޑިވްސް 2026: މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
މިއީ ހޮޓެލް އޭޝިއާ އެގްޒިބިޝަން އާއި ބައިނަލްއަޤްވާމީ ކައްކާ ފަންނުގެ މުބާރާތް ބާއްވާ 20 ވަނަ ފަހަރެވެ.
މި ސްޕޮންސަރުންގެ ބައިވެރިވުމަކީ ދިވެހިރާއްޖޭގެ މެހެމާންދާރީ، ފުޑް ސަރވިސް، ކައްކާ ފަންނު އަދި ފަތުރުވެރިކަމުގެ ދާއިރާތައް ވަރުގަދަކުރުމަށްޓަކައި އެއް ޢަޒުމެއްގައި ހަރަކާތްތެރިވާ ކަމުގެ ހެކިކަމަށް މެކްސް އިން ބުނެއެވެ. އެހީތެރިކަން ދިނުމުގެ ބޭނުމަކީ ރަނގަޅު ފެންވަރުގެ އުފެއްދުންތަކާއި، އިތުބާރު ހިފޭ ސަޕްލައި ހައްލުތަކާއި، ތަމްރީނާއި ފަންނީ ތަރައްޤީއަށް ފުރުސަތު ހޯދައިދިނުމެވެ.
މެކްސް އިން އިންތިޒާމުކުރާ ހޮޓެލް އޭޝިއާ މޯލްޑިވްސް އަކީ ހޮޓެލް، ރިސޯޓް، ރެސްޓޯރެންޓް، ކެޓަރިންގ އަދި ފަތުރުވެރިކަމުގެ ދާއިރާތަކަށް ޚާއްސަ ވިޔަފާރިތަކަށް އަމާޒުކޮށްފައިވާ މުހިންމު މަންސައެކެވެ. 2026 ވަނަ އަހަރުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ. މި މައުރަޒު އޮންނާނީ 2026 ސެޕްޓެމްބަރު 28 އިން 30 އަށެވެ. މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ސަޕްލައިކުރާ ފަރާތްތަކާއި، މެހެމާންދާރީގެ ދާއިރާގެ ނިންމުންތައް ނިންމާ ފަރާތްތަކާއި، ޝެފުންނާއި، ގަތުމާބެހޭ ފަންނީންނާއި، ބައިނަލްއަޤްވާމީ ބްރޭންޑްތަކުން ބައިވެރިވާނެއެވެ.
ބައިނަލްއަޤްވާމީ ކައްކާ ފަންނުގެ މުބާރާތް އޮންނާނީ 2026 ސެޕްޓެމްބަރު 27 އިން 30 އަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.
ބެސްޓްބައި މޯލްޑިވްސް (ބީ.ބީ.އެމް): ހޮޓެލް އޭޝިއާ މޯލްޑިވްސް ގެ މައި ސްޕޮންސަރެއްގެ ގޮތުގައި ބީ.ބީ.އެމް ދެމި އޮވެއެވެ. ބީ.ބީ.އެމް އިން ވަނީ ހޮޓެލް އޭޝިއާ ފެށުނުފަހުން އެހީތެރިކަން ދީ، ބައިނަލްއަޤްވާމީ ކައްކާ ފަންނުގެ މުބާރާތަށް ޚާއްސަ ސަމާލުކަމެއް ދީފައެވެ. ބީ.ބީ.އެމް އިން މުބާރާތުގެ ކެޓެގަރީތަކާއި، "ބީ.ބީ.އެމް ޗެއާމަންސް ޓްރޮފީ" އަދި "ބީ.ބީ.އެމް ރައިޒިންގ ޓެލެންޓް އެވޯޑް" ފަދަ މުހިންމު އެވޯޑްތަކަށް ސްޕޮންސަރުކަން ދެއެވެ.
މި އިވެންޓުގެ އިތުރުން، ބީ.ބީ.އެމް އިން ވަނީ ދިވެހި ޝެފުންނަށް ބައިނަލްއަޤްވާމީ މުބާރާތްތަކަށް ސްޕޮންސަރުކަން ދިނުމާއި، އަންހެން އަދި ޒުވާން ޝެފުންނަށް އެހީތެރިވުމަށްޓަކައި ކަންކަން ހިންގާފައެވެ. އަދި ބައިނަލްއަޤްވާމީ ޝެފުންނާއެކު މާސްޓަރކްލާސްތައް ބޭއްވުމާއި، ޕްރެކްޓިކަލް ކައްކާ ފަންނުގެ ތަޢުލީމަށް އެހީތެރިވުމުގެ ގޮތުން އެމް.އެން.ޔޫ އަށް މޮޑެލް ކިޗަންއެއް ހަދިޔާކޮށްފައެވެ.
ސަފްކޯ (SAFCO) – ޑައިމަންޑް ސްޕޮންސަރު: 2026 ވަނަ އަހަރުގެ ހޮޓެލް އޭޝިއާ މޯލްޑިވްސް އާ ސަފްކޯ ގުޅިފައިވަނީ އިވެންޓުގެ ޑައިމަންޑް ސްޕޮންސަރެއްގެ ގޮތުގައެވެ.
ޔޫ.އޭ.އީ އަށް ނިސްބަތްވާ ސަފްކޯއަކީ 30 އަހަރަށްވުރެ ދިގު ތަޖުރިބާ ހުރި ކުންފުންޏެކެވެ. އެފަރާތުގެ އުފެއްދުންތަކުގެ ތެރޭގައި ގޮރްމޭ އުފެއްދުންތަކާއި، ޕޭސްޓްރީ އަދި ބޭކަރީގެ ބާވަތްތަކާއި، ކިރާއި ޗީޒްގެ ބާވަތްތަކާއި، މަހާއި ކުކުޅު މަހުގެ ބާވަތްތަކާއި، ސީފުޑް، ބުއިންތައް، ސިއްހަތަށް ފައިދާހުރި އަދި އޯގަނިކް އުފެއްދުންތަކާއި، ތާޒާ މޭވާ އާއި ތަރުކާރީ، ޑިސްޕޯސަބަލް އަދި ޕެކޭޖިންގގެ ބާވަތްތައް ހިމެނެއެވެ.
ސަފްކޯއިން ދުނިޔޭގެ 70 އަށްވުރެ ގިނަ ޤައުމަށް އުފެއްދުންތައް ޑިސްޓްރިބިއުޓް ކުރަމުންދާއިރު، 300 އަށްވުރެ ގިނަ ބްރޭންޑް ތަމްސީލުކޮށް، 25،000 އަށްވުރެ ގިނަ އެސް.ކޭ.ޔޫ ހިންގައެވެ.
ސަފްކޯގެ ބައިވެރިވުމުގެ ސަބަބުން މި މައުރަޒުގެ ބައިނަލްއަޤްވާމީ ސޯސިންގ އަދި ޑިސްޓްރިބިއުޝަން ނެޓްވޯކް އިތުރަށް ވަރުގަދަވެ، ހޮޓެލްތަކާއި، ރިސޯޓްތަކާއި، ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ކެޓަރިންގ ކުންފުނިތަކަށް ގިނަ އަދަދެއްގެ ފުޑް ސަރވިސް އުފެއްދުންތަކާއި، ބާވަތްތަކާއި، އޮޕަރޭޝަނަލް ހައްލުތައް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
އިންޓަރނޭޝަނަލް ފުޑް ސޮލިއުޝަން (އައި.އެފް.އެސް) – ޕްލެޓިނަމް ސްޕޮންސަރު: ޗާލްސް އޮގަސްޓިންގެ އިރުޝާދުގެ ދަށުން ހިންގާ އައި.އެފް.އެސް އަކީ ހޮރެކާ އަދި ރީޓެއިލް އިންޑަސްޓްރީއަށް ބައިނަލްއަޤްވާމީ ފުޑް އަދި ނޮން-ފުޑް ބްރޭންޑްތަކުން ޚިދުމަތްދޭ ދިވެހި ފުޑް ސަޕްލައި ކުންފުންޏެކެވެ. 2013 ވަނަ އަހަރު އުފެދުނު މި ކުންފުނިން ރިސޯޓްތަކާއި، ލަގްޒަރީ ހޮޓެލްތަކާއި، ރެސްޓޯރެންޓްތަކާއި، ކެޓަރިންގ ކުންފުނިތަކަށް ސަޕްލައި ކުރެއެވެ. އެފަރާތުގެ އޮޕަރޭޝަންތަކަށް އެހީތެރިވަނީ ބޮޑެތި ޑްރައި- އަދި ކޯލްޑް-ސްޓޯރޭޖްގެ ޤާބިލުކަމާއި، އެޗް.އޭ.ސީ.ސީ.ޕީ ސެޓްފިކޭޝަނާއި، ކަސްޓަމަރުންނަށް އިސްކަންދޭ ޑިސްޓްރިބިއުޝަން މޮޑެލްއަކާއި، މާލެއާއި ހުޅުމާލޭގައި ހުންނަ ރީޓެއިލް އައުޓްލެޓްތަކެވެ.
ސްޓާކިސް ގީޑާ އިތުލާތު އިހްރާޖާތު އޭ.އެސް (Starkiss Gıda İthalat İhracat A.Ş.) – ގޯލްޑް ސްޕޮންސަރު: 2026 ވަނަ އަހަރުގެ ހޮޓެލް އޭޝިއާ މޯލްޑިވްސް ގައި ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ސްޓާކިސް ބައިވެރިވެއެވެ. ތުރުކީގެ އަދަނާގައި ހުންނަ ސްޓާކިސް އަކީ ޕްރޮފެޝަނަލް ކިޗަންތަކަށާއި، ހޮޓެލްތަކަށާއި، ރެސްޓޯރެންޓްތަކަށާއި، ބޮޑެތި ސަރުކާރުގެ މުއައްސަސާތަކާއި، ޕްރައިވެޓް ހޮސްޕިޓަލްތަކަށް ތާޒާ އުފެއްދުންތަކާއި ފުޑް ސަޕްލައިކުރާ ކުންފުންޏެކެވެ. މި ކުންފުނިން ދިވެހިރާއްޖޭގެ ކަސްޓަމަރުންނަށް ގާތްގަނޑަކަށް 10 އަހަރު ވަންދެން ތާޒާ އުފެއްދުންތައް ސަޕްލައިކޮށްފައިވެއެވެ.
ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 --
ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 ގައި ސްޓާކިސް އިން ދައްކާލާނެ ބައެއް ކަންތައްތަކުގެ ތެރޭގައި:
ތާޒާ މޭވާ އާއި ތަރުކާރީ، ޗީޒްގެ ބާވަތްތައް، ޖޭމްތައް، ހިއްކާފައި ހުންނަ މޭވާ.
ތާޒާ އުފެއްދުންތައް އުފުލުމަށް ޚާއްސަކޮށް އައުކޮށް ތަޢާރަފްކުރާ ރީސައިކަލްކުރެވޭ، ތަރމަލީ އިންސޫލޭޓްކުރެވިފައިވާ ޕެކޭޖިންގ ސިސްޓަމް.
މި އައު ޕެކޭޖިންގ ސިސްޓަމްގައި ބޭނުންކުރާނީ ތާޒާކަން ދެމެހެއްޓުމަށާއި، އުފެއްދުންތައް އުފުލުމުގެ ތެރޭގައި ހަލާކުވިޔަ ނުދިނުމަށް ޚާއްސަކޮށްފައިވާ ތަރމަލް ފޮށިތަކެކެވެ. މިއީ ސަޕްލައި ކުރުމަށްޓަކައި އެސަރަހައްދަށް ބޭނުންވާ ގޮތަށް ހަދާފައިވާ އެއްޗެކެވެ.
މިދިޔަ އަހަރު ހޮޓެލް އޭޝިއާގައި ބައިވެރިވުމަށްފަހު، މިފަހަރު ސްޓާކިސް އިން ބޮޑު ޓީމަކާއެކު މައުރަޒަށް އަންނާނެއެވެ.
ބީ.ބީ.އެމް، ސަފްކޯ، އައި.އެފް.އެސް އަދި ސްޓާކިސްގެ އެއްބާރުލުމުން ދައްކުވައިދެނީ ސަޕްލަޔަރުންނާއި، ޑިސްޓްރިބިއުޓަރުންނާއި، ކައްކާ ފަންނީންނާއި، މެހެމާންދާރީގެ ވިޔަފާރިތަކާ ދެމެދު އެއްބާރުލުން ދިނުމުގެ މުހިންމުކަމެވެ. މި ހުރިހާ ބައިވެރިން ގުޅިގެން ހޮޓެލް އޭޝިއާ މޯލްޑިވްސްގެ އެހޫވާ ކަން އެފަރާތުން ފާހަގަކުރެއެވެ. އެއީ ވިޔަފާރީގެ ގުޅުންތައް އުފެއްދުމާއި، ދުނިޔޭގެ އުފެއްދުންތަކާއި ފަންނީ ތަޖުރިބާއަށް ފުރުސަތު ފަހިކުރުމާއި، ޒުވާން ޝެފުން ތަރައްޤީ ކުރުމަށް އެހީތެރިވުމާއި، ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަޤާމު ވަރުގަދަކުރުމެވެ.