Advertisement

މެޗުން މޮޅު ނުވުމުން ޕެނަމާ ކޯޗުގެ ރުޅިގަނޑު އިންޑިއާގެ ޓްރެފިކާ ދަތުރުފަތުރައް!

27 Sep 2026 | 10:05
ޕެނަމާ އާއި އިންޑިއާ ބައްދަލު ކުރި އެކުރިވެރި ކަމުގެ މެޗު --

ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ ޕެނަމާ އިންޑިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު 1-1 އިން އެއްވަރުވެ އެ ނަތީޖާގެ ޒިންމާ ބެންގަލޫރުގެ ޓްރެފިކް ތޮއްޖެހުމާއި ދަތުރުގެ އިންތިޒާމުތަކުގެ ބޮލުގައި ޕެނަމާގެ ހެޑް ކޯޗު އަޅުވައިފިއެވެ.

ކޯޗު ތޯމަސް ކްރިސްޓިއަންސެން ބުނީ ދަނޑަށް ދިޔުމަށް މަގުމަތީގެ ޓްރެފިކް ތެރޭގައި ދެ ގަޑިއިރު ބަހުގައި ދަތުރުކުރަން ޖެހުމަކީ ޓީމުގެ ކުޅުން ދަށްވި މައިގަނޑު އެއް ސަބަބު ކަމަށެވެ. މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުނީ ދަނޑުން ބޭރުގެ އިންތިޒާމުތައް ޓީމުގެ ތައްޔާރީތަކަށް ހުރަސް އެޅި ކަމަށެވެ.

Advertisement

އޭނާ ބުނީ މެޗެއް ކުޅެން އަންނަ ބަޔަކު ބަހެއްގެ ތެރޭގައި ދެ ގަޑިއިރު މަގުމަތީގައި ޓްރެފިކްގައި ތާށިވުމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށެވެ. އެއީ ބަހަނާއެއް ކަމަށް ގަބޫލު ކުރިޔަސް ދަނޑު މަތީގައާއި ބޭރުގައި ކަންކަން ބެލެހެއްޓޭ ގޮތާ މެދު ވިސްނަން ޖެހޭ ސަބަބަކީ ކުޅުންތެރިންނަށް އެއަށް ވުރެ ރަނގަޅު ގޮތެއް ހައްގުވާތީ ކަމަށް ބުންޏެވެ.

ޕްރެކްޓިކް ކޮށްލާނެ ވަގުވެސް އިންޑިއާގައި ނުލިބުނު ކަމަށް ބުނެ ޗޯކު ޝަކުވާ ކުރި އެވެ.

ލޮޖިސްޓިކް ދަތިތަކުގެ އިތުރުން ޕެނަމާ އިން މި މެޗުގައި ފުރަތަމަ އެގާރައިގައި ފަސް ކުޅުންތެރިއަކަށް ފުރަތަމަ ފަހަރަށް ފުރުޞަތު ދިނެވެ. އެ ޓީމުން ޖީލީ ބަދަލެއް ގެންނަމުންދާ ދަނޑިވަޅެއްގައި ޓީމު އެކުގައި ފައްތަން ޕްރެކްޓިސް ކުރާނެ ވަގުތު ވެސް ނުލިބުނު ކަމަށް ކޯޗު ފާހަގަކުރިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާގައި ދިމާވި ދަތިތަކާއި ގުޅިގެން މެޗުގައި ޕެނަމާ ފެނުނީ ރޫޅީފައިވާ ޓީމެއްގެ ގޮތުގައި އެވެ. އެގޮތުން ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ރޭވުން ގެއްލި ހަމަލާ ދޭން އިންޑިއާ އަށް ޖާގަ ލިބުނީ ކުޅުންތެރިން މާ ބޮޑަށް ފެތުރިގެން ކުޅެ ލައިންތައް ދޭތެރެ ބޮޑުވެގެންނެވެ.

މި ނަތީޖާ ވެގެން ގޮސްފައި ވަނީ ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ ޕެނަމާ އަށް ކުރިއަށް ހުރި ބައިނަލްއަޤުވާމީ މެޗުތަކާ ކުރިމަތިލާއިރު ދަނޑު މަތީގެ ރޭވުމާއި ދަނޑުން ބޭރުގެ އިންތިޒާމުތައް ހަރުދަނާ ކުރަން ޖެހޭކަން ހާމަކޮށްދިން ފިލާވަޅެއް ކަމުގައެވެ.

Advertisement

ކޮމެންޓް