Advertisement

ބަނޑު ހަރުވުމުން ސަލާމަތްވުމަށް ކެއުމުގައި ހިމަނަންވީ މުހިންމު ބާވަތްތައް!

25 Sep 2026 | 09:48
ކެއުމުގައި ހިމަނާ ވާތަތްތަކުން ބަނޑު ހަރުވުމުން ދުރުކޮށްދޭ --

ބަނޑު ހަރުވުމަކީ ގިނަ ބައެއްގެ ދުޅަހެޔޮކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާ ޢާންމު މައްސަލައެއް ކަމަށާއި ކެއުމުގައި ވަކި ބާވަތްތަކެއް ހިމެނައިގެން މި މައްސަލައަށް ލުޔެއް ހޯދިދާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެފިއެވެ.

ބަނޑު ހަރުވުމުގެ ސަބަބުން ހަމައެކަނި ހަޖަމުގެ ނިޒާމަށް އުނދަގޫވަނީ ނޫނެވެ. ގޭސް އުފެދުމާއި ބަނޑު ފުއްޕުމާއި ބަރުހެލިކަން އިހުސާސްވުމުގެ އިތުރުން ހަންގަނޑު ކެހެރިވެ ބިހި ނެގުމާއި ވަރުބަލިކަން އިހުސާސްވުމާއި ހޯމޯން ބެލެންސް ގެއްލުމާއި ބަރުދަން ލުއިކުރުމަށް ދަތިވުން ފަދަ ކަންކަން ވެސް ކުރިމަތިވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ.

Advertisement

ހަމުގެ ރީތިކަމަށް ޕްރޮޑަކްޓްތައް ބޭނުންކުރި ނަމަވެސް ހަމުގެ ވިދުން ނެތިދިޔުމަކީ ވެސް ބަނޑު ހަރުވުމުގެ ޢަލާމާތެއް ކަމުގައި ވެދާނެ ކަމަށެވެ.

ބަނޑު ހަރުވުމުން ލުއި ހޯދައި ހަޖަމުގެ ނިޒާމު ރަނގަޅުކުރުމަށް ކެއުމުގައި ހިމެނިދާނެ ފަސް ބާވަތެއް ޑރ. އަރޯރާ ލަފާދީފައިވެއެވެ. ފުރަތަމަ ބާވަތަކީ ރޯ ފަޅޯ ކަމަށް ވާ އިރު ރޯ ފަޅޯގައި ޕެޕެއިން ކިޔާ ހަޖަމުކުރުމަށް އެހީވާ އެންޒައިމެއް އެކުލެވިގެންވެއެވެ. މީގެ އިތުރުން ފައިބާ ގިނައިން ހުންނާތީ ގޮހޮރުގައި ޖަމާވެފައި ހުންނަ ބާކީ ބައިތައް ސާފުކޮށް ހަޖަމުގެ ނިޒާމު ފަސޭހަކަމާ އެކީ މަސައްކަތްކުރުމަށް ބާރުއަޅައެވެ.

ދެވަނަ ބާވަތަކީ މޭބިސްކަދުރެވެ. މި މޭވާ ޤުދުރަތީ ގޮތުން ބަނޑު ދިޔާކުރާ އެއްޗެއްގެ ގޮތުގައި މަސައްކަތްކޮށް ބޮޑުކަމުދިޔުން ފަސޭހަކޮށްދެއެވެ. މީގައި ހިމެނޭ ސޯބިޓޯލް ނަމަކަށް ކިޔާ ޤުދުރަތީ މާއްދާއެއް ގޮހޮރަށް ފެން ދަމައިގެން ބޮޑުކަމުދާ ތަކެތި މަޑުކޮށްދެއެވެ.

ތިންވަނަ ބާވަތެއް ކަމުގައިވާ ޕްރޯންސް އަކީ ވެސް ބަނޑު ހަރުވުމަށް ފަރުވާއެއް ގޮތުގައި ގިނަ ބަޔަކު ބޭނުންކުރާ ބާވަތެކެވެ. މި ފަދަ ކެއުންތައް ކެއުމާ އެކީ ގިނައިން ފެން ބުއިމާއި ފައިބާ ގިނަ ކެއުމެއް ކެއުމަކީ ވެސް ތަޖުރިބާކާރުން ލަފާ ދޭ ކަންކަމެވެ.

ކެއުމަށް ގެންނަ ކުދި ބަދަލުތަކުން ވެސް ގޮހޮރުގެ ދުޅަހެޔޮކަން ރަނގަޅުކޮށް ޤުދުރަތީ ގޮތެއްގައި ބަނޑު ހަރުވުން ކުޑަކުރެވިދާނެއެވެ.

Advertisement

ކޮމެންޓް