Advertisement

އިޒްރޭލުގެ 100 އެއްހާ މީހުން މަސްޖިދުލް އަޤްޞާއަށް ގަދަކަމުން ވަދެގަނެ، އަޅުކަމެއް ކޮށްފި

21 Sep 2026 | 11:34
ސިފައިންގެ ހިމާޔަތުގައި އިޒްރޭލް މީހުން މިސްކިތަށް ވަންނަނީ --

އިސްތިއުމާރީ އިސްރާއީލުގެ ސިފައިންގެ ހިމާޔަތުގައި ގާތްގަނޑަކަށް 100 އެއްހާ އިސްރާއީލު ވަޒަންވެރިން މިއަދު ހެނދުނު އިރުމަތީ ޤުދުސްގައި ހުންނަ މަސްޖިދުލް އަޤްޞާގެ ގޯތިތެރެއަށް ގަދަކަމުން ވަދެގެންފިއެވެ.

ޤުދުސް ގަވަރުނަރޭޓުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ވަޒަންވެރިން މިސްކިތުގެ ގޯތިތެރެއަށް ވަދެ އިސްރާއީލު ފުލުހުންގެ ރައްކާތެރިކަމުގައި ތަލްމޫދީ ދީނީ ކަންތައްތައް ބާއްވާފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައި މިވަނީ ޔޯމް ކިޕޫރް ނަމަކަށް ކިޔޭ ޔަހޫދީ ބައްދަލުވުން މިރޭ ފެށެން ތައްޔާރުވެފައި އޮތް ދަނޑިވަޅެއްގައެވެ.

Advertisement

މީގެ އެއް ދުވަސް ކުރިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި އެތައް ހާސް ވަޒަންވެރިންނެއް ވަނީ ވަރުގަދަ ސެކިއުރިޓީއާ އެކު އިރުމަތީ ޤުދުސްގެ ވެސްޓާން ވޯލް ސަރަޙައްދަށް ވަދެފައެވެ.

ފާއިތުވި ދުވަސްތަކުގައި ޚާއްޞަކޮށް ޔަހޫދީ ދީނީ މުނާސަބާތަކާ ދިމާކޮށް އިސްރާއީލު ވަޒަންވެރިން މަސްޖިދުލް އަޤްޞާއަށް ގަދަކަމުން ވަނުން ވަނީ ފާހަގަކުރެވޭ މިންވަރަށް އިތުރުވެފައެވެ.

މިސްކިތް ވަގުތީ ގޮތުންނާއި ޖާގައިގެ ގޮތުން ބައިކޮށް ބެހުމުގެ އައު ޙަޤީޤަތެއް ބިންމަތީގައި ޤާއިމުކުރުމަށް ކުރެވޭ މި ފަދަ މަސައްކަތްތަކާ ދެކޮޅަށް ފަލަސްޠީނުން ދަނީ އިންޒާރު ދެމުންނެވެ.

Advertisement

ކޮމެންޓް