Advertisement

ސައުދީ އަންހެނަކަށް އޭޝިއަން ގޭމްސްގައި ފުރަތަމަ ފަހަރަށް މެޑަލެއް ލިބިއްޖެ

21 Sep 2026 | 23:29
ދީނާ އަހުމަދު --

ސައުދީ އަރަބިއްޔާގެ އަންހެން އެތްލީޓަކަށް އޭޝިއަން ގޭމްސްގައި ފުރަތަމަ ފަހަރަށް މެޑަލެއް ލިބިއްޖެ އެވެ.

ސައުދީން އެންމެ ފުރަތަމަ އޭޝިއަން ގޭމްސްގައި ބައިވެރިވީ 178 ވަނަ އަހަރު އެވެ. ކޮންމެ މުބާރާތެއްގައިވެސް މަދުން ނަމަވެސް އަންހެން އެތްލީޓުން ބައިވެރިވި ނަމަވެސް މެޑަލަކާއި ހިސާބަށް ދަތުރު ކުރެވިފައި ނުވެ އެވެ.

Advertisement

މިހާރު ޖަޕާނުގެ ނަގޯޔާގައި ކުރިޔަށްދާ އޭޝިއަން ގޭމްސްގައި ބްރޯންޒް މެޑަލް ލިބިގެން ސައުދީގެ ތާރީހުން ޖާގަ ހޯދީ ކަރާތޭ އެތުލީޓު ދީނާ އަހުމަދަށެވެ. .އަންހެނުންގެ 68 ކިލޯގްރާމްގެ ލޯ މެޑަލް ހޮވާ މެޗުގައި ނޭޕާލްގެ އަރޫކާ ގުރުންގްއާ ވާދަކޮށް، ދީނާ ވަނީ 8-7 ން މެޗު ކާމިޔާބުކޮށްފައެވެ.

އޭނާގެ ޓީމުގެ ބައިވެރިއެއް ކަމަށްވާ ސައުދު އަލް-ބަޝީރު ވަނީ ފިރިހެނުންގެ 60 ކިލޯގްރާމްގެ ކެޓަގަރީން ނޭޕާލްގެ ތަމަންގް 2-0 ން ބަލިކޮށް، ސައުދީއަށް މި މުބާރާތުގެ ދެވަނަ ލޯ މެޑަލް ހޯދައިދީފައެވެ.ސައުދީގެ ކަރާޓޭ ޓީމުގެ މެޗުތައް ހޯމަ ދުވަހުވެސް ކުރިއަށްދާނެއެވެ. އެގޮތުން ފިރިހެނުންގެ 67 ކިލޯގްރާމުން މުހައްމަދު އަލް-އާސިރީ އަދި އަންހެނުންގެ 68 ކިލޯގްރާމުން ރާނާ ފައްޔާޒް ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ސައުދީން 19 ކުޅީވަރެއްގައި 144 އެތްލީޓުން ވާދަ ކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ 16 އަންހެން އެތްލީޓުންނެވެ. 

ޖަޕާނުގައި މިހާރު ކުރިޔަށް ދަނީ 20 ވަނަ އޭޝިއަން ގޭމްސްއެވެ.

Advertisement

ކޮމެންޓް