Advertisement

ކުޑަހުވަދޫ ހޮޓަލެއް ބަލައި ފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފި

21 Sep 2026 | 17:55
-

ދ. ކުޑަހުވަދޫގެ ހޮޓަލެއްގެ ތެރެއިން މަސްތުވާތަކެއްޗާއި ބަނގުރާ ކަމަށް ބެލެވޭ ތަކެތި ފެނުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ސެޕްޓެމްބަރު 19 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ހޮޓަލުގެ ތެރޭގައި ތިއްބައި ހައްޔަރުކުރީ ދަފްތަރު ނަންބަރު ދރ 1384 / މާލެ ޒުލްކިފްލި ރަޝާދު އާދަމް (20 އަހަރު) އާއި ފްރެންޑްލީ / ދ. ކުޑަހުވަދޫ ނިހާލް ނަސީމް (30 އަހަރު) އަދި މާވެޔޮ / ދ. ކުޑަހުވަދޫ އަބްދުލްގައްޔޫމް އަބްދުއްސައްތާރު (44 އަހަރު) އެވެ. މި ތިން މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރި ކަމުގެ ކުށެވެ.

Advertisement

އެ ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ފުޅި ފެނިފައިވެއެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Advertisement

ކޮމެންޓް