Advertisement

ޝައިހް އަހްމަދު ބިން ރާޝިދު އަވަހާރަވުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި

21 Sep 2026 | 17:45
-

ޔޫއޭއީގެ ނައިބު ރައީސް ޝައިހް މުހައްމަދު ބިން ރާޝިދު އާލް މަކްތޫމްގެ އެއްބަނޑު އެއްބަފާ ޝައިހް އަހްމަދު ބިން ރާޝިދު އާލް މަކްތޫމް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝައިހް މުހައްމަދު ބިން ރާޝިދަށް އިހްލާސްތެރި ތައުޒިޔާ ރައްދުކުރައްވައި އަވަހާރަވި ޝައިހް އަހްމަދަށް މާތް ﷲ ގެ ފުއްސެވުމާއި ރަހްމަތް ލައްވައި ޖަންނަތުލް ފިރުދައުސް މިންވަރު ކުރެއްވުމަށް ދުއާ ދެންނެވި ކަމަށެވެ.

Advertisement

މީގެ އިތުރުން މި ހިތާމައިގެ ވަގުތުގައި ޝައިހް މުހައްމަދާއި އެ އާއިލާއަށް އަދި ޔޫއޭއީގެ ރައްޔިތުންނަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުން އެދި ދިވެހި ސަރުކާރާއި ރައްޔިތުން ދުއާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މި ތައުޒިޔާ ވިދާޅުވީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

Advertisement

ކޮމެންޓް