Advertisement

ތުއްތު ކުދިންގެ ފަރުވާ ރަނގަޅުކުރުމަށް ފަންނީ އިންވެސްޓްމަންޓް އިތުރުކުރުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

21 Sep 2026 | 19:32
-

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލަށް އުފަންވާ ކުދިންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށްޓަކައި ސިއްހީ ދާއިރާގެ މީހުން ތަމްރީނުކުރުމަށް ކުރާ ހަރަދު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ގޮވާލައްވައިފިއެވެ.

ނިއޯކެއަރ 2026 ގެ ނަމުގައި ބާއްވާ ނިއޯނޭޓަލް ކެއަރ ކޮންފަރެންސް ހުޅުއްވައިދެއްވައި މީރުމާގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ ސިއްހީ ދާއިރާގެ ޓެކްނޮލޮޖީ ކުރިއެރި ނަމަވެސް އެ ޓެކްނޮލޮޖީ ބޭނުންކުރާ ފަރާތްތަކުގެ ގާބިލުކަން ވެސް ހަމަ އެ ދުވެއްޔެއްގައި ތަރައްގީކުރަންޖެހޭ ކަމަށެވެ. ޒަމާނީ އާލާތްތަކާއި ވަސީލަތްތައް ކިތަންމެ ރަނގަޅަސް ނަތީޖާ ނެރެވޭނީ އެ ތަކެތި ބޭނުންކުރާ ސިއްހީ ހިދުމަތްތެރިންނަކީ ފުރިހަމައަށް ތަމްރީނުވެ ހުނަރު ލިބިފައިވާ ބައެއް ކަމުގައި ވެގެންކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން މެޝިނަކުން ހިތުގެ ވިންދު ފެނުނަސް އެ ވިންދުގެ މާނަ ދެނެގަނެވޭނީ ތަމްރީނު ލިބިފައިވާ ފަންނީ ބޭފުޅަކަށް ކަން ފާހަގަކުރެއްވިއެވެ.

Advertisement

މެދުކެނޑުމެއް ނެތި ތަމްރީނު ދިނުމާއި ހާއްސަ ތައުލީމާއި މެންޓަރޝިޕް ފުރުސަތުތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ސިއްހީ ހިދުމަތްތެރިންނަށް ހޯދައިދިނުމަށް ވެސް އެކަމަނާ ބާރުއެޅުއްވިއެވެ. މި ކޮންފަރެންސްގައި 19 ސިއްހީ މަރުކަޒެއްގެ 50 މަންދޫބުން ބައިވެރިވާކަން ފާހަގަކުރައްވައި މިއީ ތަޖުރިބާ ހިއްސާކުރެވޭ އަގުހުރި މަންސައެއް ކަމުގައި ސިފަކުރެއްވިއެވެ. ރާއްޖެއާ ގުޅޭ ޑޭޓާއާއި ދިރާސާ ކުރުމުގެ މުހިންމުކަމަށް ވެސް އެކަމަނާ އަލިއަޅުއްވައިލެއްވިއެވެ.

ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖާ ނިސްބަތްވާ ރަށަކަށް ނުވަތަ ހާލަތަކަށް ނުބަލައި އެއް ފެންވަރެއްގެ ފަރުވާ ލިބެންޖެހޭނެ ކަމަށް ވިދާޅުވެ ހާއްސަ ފަރުވާ ހޯދާ ކޮންމެ ތުއްތު ކުއްޖެއްގެ ފަހަތުގައި އެހީތެރިކަމާއި ސާފު މައުލޫމާތާއި އޯގާތެރިކަމަށް ބޭނުންވެފައިވާ އާއިލާއެއް ވާކަން ހަނދާންކޮށްދެއްވިއެވެ. ސިއްހީ ހިދުމަތަކީ ހަމައެކަނި ބަލިމީހުންނަށް ފަރުވާ ދިނުން ނޫން ކަމަށާއި އެއީ އިންސާނުންނަށް އަޅާލައި އޯގާތެރިވުން ކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ.

މި ކޮންފަރެންސް ކުރިއަށްދަނީ "އެޑްވާންސިންގ ނިއޯނޭޓަލް ކެއަރ: ފްރޮމް ނޮލެޖް ޓު ޕްރެކްޓިސް ތްރޫ އިނޮވޭޝަން އެންޑް ކޮލަބަރޭޝަން" މި ޝިއާރުގެ ދަށުންނެވެ.

Advertisement

ކޮމެންޓް