Advertisement

މަޤުޞަދަކީ މަޝްހޫރުވުމެއް ނޫން، ކުޑަކުދިންގެ ޙައްޤުގައި ވަކާލާތުކުރުން: މިސް ރެޗެލް

21 Sep 2026 | 11:31
މިސް ރެޗެލް --

ޔޫޓިއުބުގައި 21 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ހޯދައި ކުޑަކުދިންގެ ޓީވީގެ އެންމެ މަޤުބޫލު ތަރިއަކަށް ވެފައިވާ މިސް ރެޗެލް ސިޔާސީ މައްސަލަތަކުގައި ހިމޭނުން ހުރުމަށް ލިބުނު ލަފާ ދޫކޮށް ޣައްޒާގެ ކުޑަކުދިންގެ ޙައްޤުގައި ފާޅުގައި ވާހަކަ ދައްކަން ފަށައިފިއެވެ.

ޕްރީސްކޫލް މިއުޒިކް ޓީޗަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ރެޗެލް އެކޫޒޯ އާއި ބްރޯޑްވޭގައި މިއުޒިކް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ފިރިމީހާ އެރޮން އެކޫޒޯ ފުރަތަމަ ވީޑިއޯ ހެދީ މީގެ ހަތް އަހަރު ކުރިން ވާހަކަ ދެއްކުން ލަސްވެފައި ހުރި އެ ދެމީހުންގެ ދަރިފުޅަށް އެހީވުމުގެ ގޮތުންނެވެ.

Advertisement

މިހާރު ނެޓްފްލިކްސް އާ ގުޅިގެން 69 މިލިއަނަށް ވުރެ ގިނަ ފަހަރު ސްޓްރީމް ކޮށްފައިވާ އެ ޝޯ ވެފައި ވަނީ އާ ކުޑަކުދިންގެ ޓީވީ ޝޯތަކުގެ ތެރެއިން އެންމެ ކުރީގައި އޮތް ޝޯ އަށެވެ.

ޣައްޒާ ހަނގުރާމައާ ދެކޮޅަށް އޭނާ ވާހަކަ ދައްކަން ފެށުމާ އެކު ޔަހުދީންނާ ދެކޮޅު ކަމުގެ ތުހުމަތު އޭނާއަށް ކުރެވުނު ނަމަވެސް ގިނަ ޔަހުދީ ޖަމާޢަތްތަކުން ވެސް ވަނީ އޭނާގެ ދިފާޢުގައި ތެދުވެފައެވެ.

މި ފާޑުކިޔުންތަކާއި ދެކޮޅަށް ވާހަކަދައްކަމުން ރެޗެލް ބުނީ އޭނާގެ ޝޯތަކުގެ މަގުސަދަކީ ފައިސާ ހޯދައި މުއްސަނދިވުމާއި މަޝްހޫރުވުމަށް ލައިކްސް ހޯދުން އެކަނި ނޫން ކަމަށެވެ. އޭނާގެ ޝޯއަކީ ކުޑަކުދިންނާއި ގުޅުންހުރި ޝޯތަކަށް ވާއިރު ޣާޒާގެ ކުޑަކުދިންގެ ހައްގުތައްވެސް ހަމަ އެއް ހަމައެއްގައި ބަލަން ޖެހޭ ކަމަށް ބުންޏެވެ.

ދާދި ފަހުން ރެޕާ މެކްލެމޯ ފަލަޞްޠީނަށް ތާއީދުކުރާ ޖަމާޢަތްތަކަށް އެއް މިލިއަން ޑޮލަރު ހަދިޔާ ކުރުމުން މިސް ރެޗެލް ވެސް ވަނީ ހަމަ އެ ޢަދަދު ހަދިޔާ ކުރާނެ ކަމަށް ބުނެ ތަނަވަސް ކޮންމެ ސެލެބްރިޓީއެއް ވެސް އެ ފަދައިން ޢަމަލުކުރަން ގޮވައިލައިފައެވެ.

Advertisement

ކޮމެންޓް