Advertisement

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކާ މުއާމަލާތް ނުކުރުމަށް އެމްއެމްއޭއިން ގޮވާލައިފި

10 Sep 2026 | 10:38
-

ގާނޫނީ ހުއްދައެއް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގާ ފަރާތްތައް ފާހަގަކުރެވިފައިވާ ކަމަށް ބުނެ އެފަދަ ފަރާތްތަކާ އެކު މުއާމަލާތް ނުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 2024/32) އާއި މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވޭނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް އޮވެގެންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެ ލައިސަންސާ ނުލައި މި ވިޔަފާރި ކުރިއަށް ގެންދާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. ހުއްދައެއް ނެތި ފައިސާ މާރުކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ކުށެއް ކަމަށް ވެސް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.

Advertisement

ބޭންކް ނޫން ފަރާތަކާ އެކު ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތެއް ކުރާ ނަމަ އެ ފަރާތަކީ ލައިސަންސް ލިބިފައިވާ ފަރާތެއްކަން ޔަގީންކުރުމަށް އެމްއެމްއޭއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ގާނޫނާއި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ކުރި މަނީ ޗޭންޖަރެއްގެ ލައިސަންސް ވެސް އެމްއެމްއޭއިން ދާދި ފަހުން ބާތިލުކޮށްފައިވެއެވެ.

Advertisement

ކޮމެންޓް