Advertisement

ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުޢާ" އެޕް ތަޢާރަފުކޮށްފި

20 Sep 2026 | 16:30
ސިލަބައިގެ އިޝްތިހާރެއް --

ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުގެ ދުވަސްވަރު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ރާއްޖޭގެ އެޑިޔުކޭޝަން ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ސިލަބައި އިން "ސްޓޫޑަންޓް ދުޢާ" ގެ ނަމުގައި ހިލޭ ބޭނުންކުރެވޭ އޮންލައިން ޓޫލެއް ތަޢާރަފުކޮށްފިއެވެ. މި ޚިދުމަތް މިހާރު syllabi.mv/dua މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ. ކޮންމެ ދުޢާއެއް ޢަރަބި ބަހުން އަދި  އިނގިރޭސިއާއި  ދިވެހި ބަހުން ތަރުޖަމާ ވެސް މި ޓޫލްގައި ހިމެނެއެވެ. މީގެއިތުރުން، ދުޢާގެ ނަން ހޯދުމުގެ ބަދަލުގައި އެވަގުތަކު ދަރިވަރު އިޙްސާސްކުރާ ގޮތް އިޚްތިޔާރުކޮށްގެން ދުޢާތައް ފެންނާނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. އޭގެ ތެރޭގައި "އިމްތިޙާނެއް އޮތްކަން" ނުވަތަ "ހާސްވެ ކަންބޮޑުވާކަން" ފަދަ 6 އިޚްތިޔާރެއް ހިމެނެއެވެ.

Advertisement

"ސްޓޫޑަންޓް ދުޢާ" ގައި އިމްތިޙާނު ކަރުދާސް ހުޅުވާލުމުގެ ކުރިން ސަމާލުކަން ގެއްލުވައިނުލައި ކިޔާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ "އެގްޒާމް މޯޑް" އަދި ކިޔަވަން ފެށުމުގެ ކުރިން 30 ސިކުންތުގެ ވަގުތުކޮޅެއް ނިޔަތް ރަނގަޅުކުރުމަށް ޚާއްޞަކޮށްފައިވާ "އައިމް އެބައުޓް ޓު ސްޓަޑީ" މޯޑު ހިމެނެއެވެ. މީގެއިތުރުން ދުޢާއަކީ ކޮބައިކަމާއި، އިސްތިޚާރާ ނަމާދު ކުރާނެ ގޮތާއި، ދުޢާ ކުރާނެ ގޮތުގެ  އިރުޝާދުތަކުގެ އިތުރުން ކިޔެވުމާއި ދުޢާއާ ގުޅޭގޮތުން ދަރިވަރުން ޢާންމުކޮށް އުފައްދާ ސުވާލުތަކުގެ ޖަވާބުވެސް ހިމެނެއެވެ.

 ފޯނު، ޓެބްލެޓް ނުވަތަ ކޮމްޕިއުޓަރު ބްރައުޒަރުން އެއްވެސް އެޕެއް ޑައުންލޯޑްނުކޮށް އަދި ސައިން-އަޕް ވުމަކާ ނުލައި މިއަށް ވަދެވޭނެއެވެ. އަދި ހޯމް ސްކްރީނަށް އެޑްކޮށްގެން އެޕެއް ފަދައިން ބޭނުންކުރުމުގެ އިތުރުން، ޑާކް މޯޑާއި ފަހުން ބެލުމަށް ސޭވްކުރުމާއި ފޮޓޯ ކާޑެއްގެ ގޮތުގައި ޝެއާކުރުމުގެ ފުރުޞަތުވެސް ލިބެއެވެ.

ސިލަބީގެ ފައުންޑަރ ޖުމައިލް ވިދާޅުވީ، " މިއީ ދަރިވަރުންނާއި ޓީޗަރުންނަށް އުނގެނުމާއި އުނގަންނައިދިނުމުގެ ބުރަ ލުއިކޮށްދިނުމަށް އަޅުގަނޑުމެން ތައްޔާރުކުރާ ހިލޭ ޓޫލްތަކުގެ ފެށުމެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ ދަރިވަރުންނާއި ޓީޗަރުންނަށް މިހާރު ދިމާވާ ދަތިތައް ޙައްލުކުރުމަށް ޓެކްނޮލޮޖީ ބޭނުންކުރުން،" ކަމަށެވެ.

ސިލަބައން ބުނިގޮތުގައި މިއީ މި ޓޫލްގެ ފުރަތަމަ ރިލީޒް ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ފީޗާތަކާއި ދުޢާތައް އިތުރުކުރަމުން ގެންދާނެއެވެ. އަދި ދަރިވަރުން ބޭނުންވާ ކަންކަމާއި ޚިޔާލުތައް syllabi.mv/contact ނުވަތަ ޓެލެގްރާމް ކޮމިއުނިޓީ މެދުވެރިކޮށް ހުށަހެޅުމަށް ވަނީ ދަޢުވަތު އަރުވާފައެވެ. ރާއްޖޭގެ ދަރިވަރުން އިމްތިޙާނުތަކަށް ތައްޔާރުވަމުންދާ މިދަނޑިވަޅުގައި، މިއީ އެކުދިންގެ މަސައްކަތަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށް އެ ކުންފުނިން އުންމީދުކުރެއެވެ.

Advertisement

ކޮމެންޓް