ލާމު ރޭސިން މުބާރާތުގައި ދުއްވި ސައިކަލާ އެކު މޫދަށް ވެއްޓި ޒުވާނަކު ސީރިއަސް ހާލަތުގައި
ލ. ގަމުގައި ކުރިއަށް ގެންދިޔަ "ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން" ގައި ދުއްވި ސައިކަލަކާ އެކު މޫދަށް ވެއްޓި ޒުވާނެއްގެ ހާލު ސީރިއަސްވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ކުރީ އިއްޔެ ހެނދުނު 10:00 ހާއިރު ކަމަށެވެ.
މި ހާދިސާގައި ފަރުވާ ދެމުން ދަނީ ސައިކަލް ދުއްވަން އިން 20 އަހަރުގެ ދިވެހި ޒުވާނަކަށެވެ. އެމީހާ އާއި އެކު ސައިކަލް މޫދަށް ވެއްޓުވީ ކޮންޓްރޯކް ނުވެ ގޮސް ކަމަށްވެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން އޭނާއަށް ފަރުވާދެމުން އަންނަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. ލިބުނު އަނިޔާގެ ތަފްސީލް އަދި ނުލިބެ އެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.