ކެރިއަރުގައި ސިދާތް ވަރުގެ ފިރިހެންވަންތަ ރީތި ފިރިހެނަކު ނުދެކޭ ކަމަށް ތަމަންނާ ބުނެފި
އިންޑިއާގެ ފިލްމީ ތަރި ތަމަންނާ ބާތިއާގެ ފިމްލީ ކެރިއަކުގައި ސިދާތް މަލޯތްރާ ވަރުގެ ފިރިހެން ތަރިއަކު ނުދެކޭ ކަމަށް އޭނާ ބުނެފި އެވެ.
ތަމަންނާ މިހެން ބުނެފައިވަނީ މިމަހު ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ އެ ދެ ތަރިންގެ ފިލްމު "ވީވާން - ފޯސް އޮފް ދި ފޮރެސްޓް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރޭގައި ވާހަކަ ދައްކަމުންނެވެ.
ތަމަންނާ ބުނީ އޭނާ ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ 20 އަހަރު ވެފައިވާއިރު ސިދާތްވަރުގެ ރީތި ފިރިހެންވަންތަ ފިރިހެނަކު ނުދެކޭ ކަމަށެވެ. އަދި ސިދާތާއި އެކު ފިލްމެއް ކުޅެން ލިބުމަކީ އުންމީދު ކުރި ކަމެއް ފުރިހަމަވުމުން ކަމަށް އޭނާ ބުންޏެވެ.
ތަމަންނާގެ މި ވާހަކައާއި ގުޅިގެން އިންޓަނެޓްގައި ގިނަ ބަޔަކު ދަނީ މަޖާ ނަގަމުންނެވެ. އެގޮތުން ސިދާތްގެ އަންހެނުން ކިއަރާ އަދްވާނީ ޓެގް ކޮށް ސަމާލުވުމަށް ނަސޭހަތްތެރިވެފައިވެ އެވެ.
ސިދާތާއި ތަމަންނާގެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އެ ދެ ތަރިންގެ އިތުރުން މި ފިލްމު ސުނިލް ގްރޯވަރާއި ޝްވެތާ ތިވާރީ މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.
ދީޕަކް ކުމާރު މިޝްރާ ޑައިރެކްޓު ކުރާ މި ފިލްމުގެ ޕްރޮޑިއުސަރަކީ އެކްތާ ކަޕޫރެވެ.