ރަޝްމީ ދެސާއީ އަށް އަހަރަށް ފަހު އަނެއްކާވެސް ޓީވީ ސްކްރީނުން ފެންނަން ފަށަނީ
ބޮލީވުޑާއި ޓީވީގެ މަޝްހޫރު ބަތަލާ ރަޝްމީ ދެސާއީ ގާތްގަނޑަކަށް އަށް އަހަރު ޓީވީ ޑްރާމާތަކާ ދުރުގައި ހޭދަކުރުމަށް ފަހު ސްޓާ ޕްލަސްގެ އާ ޝޯ ސަޔޯނީ އިން ބެލުންތެރިންނާ ބައްދަލުކުރާނެކަން އިޢުލާންކޮށްފިއެވެ.
މި ޝޯގައި ރަޝްމީ ކުޅެނީ މާޔާ ނަމަކަށް ކިޔާ ކެރެކްޓާއެކެވެ. ރަޝްމީ ބުނީ މި ދިގު މެދުކެނޑުމަކީ ފުރުޞަތު ނުލިބިގެން ދިމާވި ކަމެއް ނޫން ކަމަށެވެ. އެ މުއްދަތުގައި ތަފާތު ސްކްރިޕްޓުތައް ލިބުނު ނަމަވެސް ހިތްހަމަޖެހޭ ވާހަކައަކާއި ކެރެކްޓާއެއް ފެނެންދެން މަޑުކުރީ ކަމަށް އޭނާ ބުނެފައިވެއެވެ.
އުއްތަރަން އާއި ދިލް ސެ ދިލް ތަކް ފަދަ ޑްރާމާތަކުން ބެލުންތެރިންގެ ހިތް އަތުލި ރަޝްމީ ސިފަކުރާ ގޮތުގައި މާޔާ އަކީ ޚިޔާލީ ދުނިޔެއެއްގައި ދިރިއުޅޭ ކެރެކްޓާއެއް ނޫން ކަމަށާއި ޙަޤީޤީ ދިރިއުޅުމާ ގާތް ކެރެކްޓާއެއް ކަމަށެވެ.
ރަޝްމީ ބުނީ ކޮންމެ ފަންނާނަކުވެސް ބޭނުންވާނީ ރީތިކޮށް ލިޔެފައި އޮތް ކެރެކްޓާއެއް ކުޅެން ކަމަށެވެ. އެހެންވެ އޭނާ ހޯދީ ޓީވީއަށް އެނބުރި އައުމަށްވުރެ ބޭނުންތެރި ރަނގަޅު ހުށަހެޅުމެއް ކަމަށެވެ.
އިތުރަށް ބުނީ ފިލްމީ މަސައްކަތްތަކުގައި ބަލަންވީ މީހުން ހަނދާންހުންނާނެ ކަމެއް ކުރުން ކަމަށާއި އޭނާ މަޝްހޫރުވި ސަބަބަކީވެސް އެއީ ކަމަށެވެ. އަލަށް ފަށާ ޑްރާމާ ސަޔޯނީގައި އެ ސްޕާކް އެބަ ހުެރި ކަމަށާއި ވާހަކަ އެއީ ފަންނާނުންނަށްވުރެ ބޮޑު އެއްޗެއް ކަމަށް ބުންޏެވެ.
ސަޔޯނީގެ މުހިންމު ރޯލުތަކުން ޖާންހަވީ ސޯނީ އާއި ގޯތަމް ސިންގް ވިގް ވެސް ފެންނާނެއެވެ. މި ޝޯ ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ ރޭގަނޑު 7:30 ގައި ސްޓާ ޕްލަސް އިން ދައްކަން ފަށާއިރު ޖިއޯ ހޮޓްސްޓާ މެދުވެރިކޮށް ވެސް ސްޓްރީމް ކުރެވޭނެއެވެ.