ޑައިވިނަށް ފޭބި ޓޫރިސްޓަކު ކަނޑު އަޑީގައި މަރުވެފައި އޮއްވަ ފެނިއްޖެ
ފުވައްމުލައް ސިޓީ ކައިރިއަށް ޑައިވިނަށް ފޭބި ޓޫރިސްޓަކު ކަނޑު އަޑީގައި މަރުވެފައި އޮއްވަ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު ހެނދުނު 9:18 ހާއިރު ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުންނަށް ރިޕޯޓު ކުރީ ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ބުނެ އެވެ.
މަރުވެފައި ވަނީ ކަޒަކިސްތާނަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.