މައްކާގެ މުގައްދަސް ތަންތަނަށް ނުރައްކާ ކުރާ ކަމަށް ސައުދީން ކުރި ތުހުމަތު ހޫތީން ދޮގުކޮށްފި
ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ މާތްވެގެންވާ މައްކާއާއި އެހެން މުޤައްދަސް ތަންތަނަށް ނުރައްކާ ކުރިމަތި ކުރަމުންދާ ކަމަށް ކުރާ ތުހުމަތު ދުކޮށްފި އެވެ.
ސައުދީން އިއްޔެ ބުނީ ރޭގެ ވަގުތެއްގައި ޙޫތީން މައްކާއަށް އަމާޒުކޮށް ފޮނުވާލި ޑްރޯންއެއް ވައްޓާލާފައިވާ ކަމަށެވެ. އެ ޑްރޯން ވައްޓާލީ މައްކާގެ ސަރަހައްދަށް ވަނުމުގެ ކުރިން ކަމަށް ބުނެފައިވެ އެވެ.
ސައުދީން ވަނީ ހޫތީންގެ ހަމަލާ މާތްވެގެންވާ ސަރަހައްދުތަކާއި މައްކާ، މަދީނާ އަދި ޖިއްދާއަށް އޮތް ކަމަށް ބުނެ ރައްޔިތުންނަށް ސަމާލުވެ ތިބުމުން އެލާޓު ނެރެފައި އެވެ.
އެކަމާއި ގުޅިގެން ހޫތީން ނެރުނު ބަޔާނެއްގައި ބުނީ ޔަމަނުން މައްކާއަށް ނުރައްކާ ކުރާ ކަމަށް ބުނެ ސައޫދީ "ދުޝްމަނުން" ފަތުރަމުންދަނީ "ހެދުންތެރިކަމާއި އޮޅުވައިލުމާއި ދޮގު މަޢުލޫމާތު" ކަމަށެވެ. އެ ބަޔާނުގައި ބުނެފައި ވަނީ "ބާޠިލު ރިޕޯޓުތައް" ފެތުރުމުގެ ބޭނުމަކީ ޙޫޘީންގެ ނަން ކިލަނބުކޮށް މުސްލިމް ދުނިޔޭގެ ހަމްދަރުދީ ހޯދުން ކަމަށެވެ.
މިއީ ސައޫދީން ކުރިންވެސް ބޭނުންކޮށްފައިވާ ބާ އުކުޅެއް ކަމަށް ބުނެފައިވެ އެވެ.
ހޫތީންގެ ޑްރޯން ހަމަލާއާއި ގުޅިގެން ނެރުނު އިންޒާރުތަކަށް ފަހު ސައުދީގެ ސިވިލް ޑިފެންސުން ވަނީ އެ ހުރިހާ ސަރަހައްދެއްގައި ނުރައްކާ ފިލައި ގޮސްފައިވާ ކަމަށް ބުނެ އެ އިދާރާގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި މީހުން އެއްވެ ނޫޅުމަށާއި ފޮޓޯ ނެގުމުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ.