Advertisement

ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ޒުވާނުންގެ ހަތް ގޮނޑިއަށް މެންބަރުން ހޮވައިފި

ޕީއެންސީގެ ޒުވާނުންގެ ހަތް ގޮނޑިއަށް ވާދަކުރި މެންބަރުން -- ފޮޓޯ: ޕީއެންސީ

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހުގައި ޒުވާނުންނަށް ޚާއްޞަ ހަތް ގޮނޑިއަށް 12 ކެންޑިޑޭޓުންގެ ތެރެއިން ހަތް ބޭފުޅަކު މިއަދު އިންތިޚާބުކޮށްފިއެވެ.

އެންމެ ގިނަ ވޯޓާ އެކު ގޮނޑި ކާމިޔާބުކުރެއްވީ 881 ވޯޓު ލިބިވަޑައިގެންނެވި ސިމާން ހާދީއެވެ.

Advertisement

ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ 857 ވޯޓާ އެކު އިބްރާހީމް އަދްޔާން ނިމާލެވެ.

ތިންވަނައަށް 856 ވޯޓު ލިބިވަޑައިގެން މަލްޝާ ޝަރީފު ހޮވިވަޑައިގެންނެވިއިރު މުހައްމަދު އަސީލަށް 852 ވޯޓު ލުޖައިނުﷲ ޒުހައިރަށް 851 ވޯޓު އިސްމާއީލް ރިފާއުއަށް 850 ވޯޓު އަދި ހައްމާދު ރަޝީދަށް 849 ވޯޓު ލިބިވަޑައިގެންނެވިއެވެ.

ޒުވާނުންގެ ގޮނޑިތަކުގެ އިތުރުން މިއަދުގެ އިންތިޚާބުގައި ޕީއެންސީގެ ހަ ނައިބު ރައީސުންނާއި އަންހެނުންނަށް ޚާއްޞަ 10 ގޮނޑިއަށް ވެސް ބޭފުޅުން ހޮވައިފައިވެއެވެ.

މީގެ އިތުރުން މެންބަރުންގެ މަޖިލީހުގެ ޢާންމުކޮށް ހުޅުވައިލެވިފައިވާ 18 ގޮނޑިއަށް 70 އަށް ވުރެ ގިނަ ފަރާތުން ވާދަކުރާއިރު ޕާޓީގެ އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތުގެ އެކި މަޤާމުތަކަށް މެންބަރުން ހޮވުމުގެ މަސައްކަތް ވެސް މިއަދުގެ ތެރޭގައި ކުރިއަށް ގެންދާނެއެވެ.

ޕީއެންސީގެ ކޮންގްރެސް ފެށުނީ އިއްޔެ އެވެ.

Advertisement

ކޮމެންޓް