Advertisement

އެމްއެންޔޫގެ ދެވަނަ އަންޑަގްރެޖުއެޓް ރިސާޗް ސިމްޕޯޒިއަމް މިއަދު ބާއްވައިފި

17 Aug 2026 | 20:50
-

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އަންޑަގްރެޖުއެޓް ދަރިވަރުންނަށް އެ ދަރިވަރުންގެ ދިރާސާތައް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ އަންޑަގްރެޖުއެޓް ސްޓޫޑެންޓް ރިސާޗް ސިމްޕޯޒިއަމް (ޔޫއެސްއާރުއެސް) ގެ ދެވަނަ ބުރު މިއަދު ބާއްވައިފިއެވެ.

މި އަހަރުގެ ސިމްޕޯޒިއަމަށް 31 އެބްސްޓްރެކްޓެއް ބަލައިގެންފައިވާ އިރު 19 ދަރިވަރަކު އެ ދަރިވަރުންގެ ދިރާސާތައް ހުށަހަޅާފައިވެއެވެ. ހުށަހެޅުންތައް ތަފާތު އެކި އިލްމީ ދާއިރާތަކަށް އަމާޒުވެފައިވާ އިރު އެމްއެންޔޫގެ އަންޑަގްރެޖުއެޓް ދަރިވަރުންގެ ދިރާސީ ޝައުގުވެރިކަމާއި ގާބިލުކަން އެ ހުށަހެޅުންތަކުން ދައްކުވައިދީފައިވެއެވެ.

Advertisement

މި ޕްލެޓްފޯމުގެ ޒަރީއާއިން ދަރިވަރުންނަށް އެ ދަރިވަރުންގެ ހޯދުންތައް އިލްމީ މާހައުލެއްގައި ބަޔާންކޮށް ޔުނިވަރސިޓީގެ އިލްމީ މުވައްޒަފުންނާއި އިވެލުއޭޓަރުންގެ ފީޑްބެކް ހޯދުމުގެ ފުރުސަތު ލިބިގެން ގޮސްފައިވެއެވެ. އޭގެ އިތުރުން ލެކްޗަރާއިންނާއި އެކި ދާއިރާތަކުގެ ދިރާސާވެރިންނާ ގުޅުން ބަދަހިކޮށް ދިރާސާ ކުރުމާ މެދު ދަރިވަރުންގެ ޝައުގު އިތުރުކުރުމަކީ ވެސް މި ސިމްޕޯޒިއަމްގެ އެއް ލަނޑުދަނޑިއެވެ.

ދަރިވަރުންގެ ތެރޭގައި ދިރާސީ ސަގާފަތެއް އާލާކޮށް އިލްމީ ދަތުރުގެ ކުރީކޮޅުން ފެށިގެން ދިރާސާ ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އެމްއެންޔޫއިން ބާއްވަމުން އަންނަ ޔޫއެސްއާރުއެސް މެދުވެރިކޮށް ދިރާސީ ހިޔާލު އެކުލަވައިލުމާއި އިލްމީ މަސައްކަތް ހުށަހެޅުމާއި ޔުނިވަރސިޓީގެ އިލްމީ މުޖުތަމައާ ބައިވެރިވުމުގެ ތަޖުރިބާ ދަރިވަރުންނަށް ލިބިދެއެވެ. ދިރާސާއާއި އީޖާދީ ވިސްނުމާއި އިލްމީ ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެމްއެންޔޫއިން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޔުނިވަރސިޓީއިން ނެރުނު ބަޔާނުގައިވެއެވެ.

Advertisement

ކޮމެންޓް