Advertisement

ނޮޅިވަރަމްފަރު ފަރަށް ހަ މީހުންނާއި އެކު ދަތުރު ކުރި ޑައިވިން ދޯންޏެއް އަރައިފި

11 Aug 2026 | 09:24
މީގެ ކުރިން ފަރަށް އެރި ދޯންޏަކުން މީހުން މޫދަށް އެރިގެން އެއްގަމަށް ދަނީ -- ފޮޓޯ: މެރިން ޕޮލިސް

ހދ. ނޮޅިވަރަންފަރު ހުޅަނގުފަރާތު ފަރަށް ޑައިވިން ދޯންޏެއް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ "އުރަފާ" ނަމަކަށް ކިޔާ ޑައިވިން ދޯނި ފަރަށް އަރައިގެން ރިޕޯޓު ކުރީ އިއްޔެ ކަމަށެވެ. ހާދިސާ ހިނގި އިރު އޭގައި ހަ މީހުން ތިއްބެވެ.

Advertisement

އެމީހުން ވަނީ ނޮޅިވަރަމްފަރު ޑިންގީއެއްގައި އެ ރަށަށް ގެންގޮސްފައި އެވެ. އޭގެ ތެރެއިން މީހަކަށް އަނިޔާއެއްވި ކަމެއް އަދި ސާފެއް ނުވެ އެވެ.

އެމީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވެފައިވަނީ ސިފައިންނާއި ފުލުހުންނެވެ.

އެ ދޯނި ފަރަށް އަރާފައިވަނީ އިއްޔެވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާޅު ނެރެފައިވަނިކޮށެވެ.

މި ދުވަސްވަރު މޫސުން ގޯސްކަމުން ކަމާ ބެހޭ ފަރާތްތަކުން ވަނީ މޫސުން ބަލައިގެން ނޫނީ ދަތުރު ފަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައި އެވެ.

Advertisement

ކޮމެންޓް