Advertisement

"މަދިރިން ރައްކާ" ޕްރޮގުރާމުގެ ދަށުން، "އަމާން" ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފި

09 Aug 2026 | 12:22
-

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގުޅިގެން "މަދިރިން ރައްކާ" ޕްރޮގްރާމުގެ ދަށުން އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

އެ ހަރަކާތުގެ ދަށުން އަމާން ދޯދި 11 އިން 14 ވަނަ ޓަވަރު ހިމެނޭ ސަރަހައްދުގައި ހުރި ކުނިތައް އެކި ބާވަތްތަކަށް ވަކިކޮށް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، މަދިރި އާލާވާ ތަންތަން ނައްތާލުމަށް ވެސް ހާއްސަ ސަމާލުކަމެއް ދީފައިވެއެވެ. މިއަދު ހެނދުނު ފެށި ހަރަކާތުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)، ވެމްކޯ، ފުލުހުން އަދި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސްގެ މުވައްޒަފުން ވެސް ބައިވެރިވެފައިވެއެވެ.

Advertisement

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނިޝާން ވަނީ މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތަކުން މުޖުތަމައު ސަލާމަތްކުރުމަށް ކުނި މެނޭޖްކުރުމާއި ފެން ހަރުލާ ތަންތަން ނައްތާލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

"މަދިރިން ރައްކާ" ޝިއާރުގެ ދަށުން ހުޅުމާލޭގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރިއަށްގެންދާ ހަރަކާތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވެނީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް، އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާތީ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު ވިދާޅުވިއެވެ.

އަމާން ޓަވަރުތައް ހުރި ސަރަހައްދު ސާފުކުރުމަށް އިއްޔެ ފެށި ހަރަކާތުގެ ތެރެއިން 670 ޓަނުގެ ކުނި މިހާތަނަށް އުކާލާފައިވާއިރު، ސާފުކުރުމުގެ މަސައްކަތް ނިމުމުން އެ ސަރަހައްދު ޖޯލިފަތިތަކާއި ބައްތި ހަރުކޮށްގެން ހިތްގައިމު ގްރީން ޒޯނަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

"ފަހި ސާފުވެށި" ކެމްޕޭނުގެ ދަށުން އެފްޑީސީން މީގެ ކުރިން ހިންގި ސާފުކުރުމުގެ ހަރަކާތްތަކުގައި އެ ސަރަހައްދުތަކުން ޖުމްލަ 5,040 ޓަނުގެ ކުނި އުކާލާފައިވާއިރު، އެ މަސައްކަތްތަކަށް އެ ކުންފުނީގެ ބަޖެޓުން 13.48 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް