Advertisement

ފިލިޕިންސްގައި ބޮޑެތި ކުށްތަކުގައި ބައިވެރިވި ހާހަކަށްވުރެ ގިނަ ފުލުހުން ވަޒީފާއިން ވަކިކޮށްފި

09 Aug 2026 | 09:53
ފިލިޕިންސް ފުލުހުންގެ ބައްދަލުވުމެއް --

ފިލިޕިންސްގައި ބޮޑެތި ކުށްތަކުގައި އަމަލީ ގޮތުން ބައިވެރިވި ހާހަކަށްވިރެ ގިނަ ފުލުހުން ވަޒީފާއިން ވަކިކޮށްފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި މައްސަލަތަކުގައި ތަފާތު ރޭންކުތަކުގައި މަސައްކަތް ކުރަމުންދިޔަ 1،337 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން މިއަހަރުގެ އޮގަސްޓު މަހުގެ ފުރަތަމަ ދުވަހާއި ހަމައަށް ވަކި ކުރި އަދަދެވެ.

Advertisement

ފިލިޕީންސްގެ ޤައުމީ ފުލުހުންގެ މުއައްސަސާ (ޕީއެންޕީ) އިން ހާމަކޮށްފައިވާ ގޮތުގައި އެ އޮފިސަރުން ވަކިކުރީ ބޮޑެތި އަޚުލާޤީ ކުށްތަކާ ގުޅިގެންނެވެ. އަދި ބައެއް އޮފިސަރުން ޖިނާއީ ކުށްތަކުގައިވެސް ބައިވެރިވެފައިވެ އެވެ.

ވަޒީފާއިން ވަކިކުރި އޮފިސަރުންގެ އިތުރުން 2,276 އޮފިސަރަކު ސަސްޕެންޑުކޮށް 235 އޮފިސަރެއްގެ މަޤާމު ދަށްކޮށް 672 އޮފިސަރަކަށް ރެޕްރިމާންޑް ދީ 100 އޮފިސަރެއްގެ މުސާރައިން ކެނޑުމުގެ ފިޔަވަޅު ވެސް އަޅާފައިވެއެވެ.

ނަމަވެސް ތަފާތު ކުށްތަކުގެ ތުހުމަތު ކުރެވިގެން ތަޙުޤީޤުކުރެވުނު 3,524 އޮފިސަރެއްގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެފައިވާ ކަމަށްވެ ރިޕޯޓުތައް ބުނެ އެވެ.

Advertisement

ކޮމެންޓް