އެމްއެންޔޫއިން ދަނޑުވެރިކަމާއި ކާބޯތަކެތީގެ ސައިންސްގެ އާ ތިން ކޯހަކަށް ފުރުސަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން 2026 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސްގެ ދަށުން އިތުރު ތިން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ކޯސްތަކަކީ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ސައިންސްގެ ދާއިރާއިން ޤައުމަށް ބޭނުންވާ ހުނަރުވެރިން ބިނާކުރުމަށް ތަޢާރަފުކުރި ޕްރޮގްރާމްތަކެކެވެ. މި ކޯސްތަކުގެ ތަފުސީލު އެމްއެންޔޫގެ ވެބްސައިޓުގައި ޝާއިޢު ކުރެވިފައިވާއިރު، ޝައުޤުވެރި ފަރާތްތަކުން ޔުނިވަރސިޓީގެ އެޑްމިޝަން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އެމްއެންޔޫއިން ބުނީ، މި ކޯސްތައް ތަޢާރަފުކުރުމުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ މާހިރުން ތަމްރީނު ކުރުން ކަމަށެވެ. މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2026 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރަށް ކަމަށާއި، ކޯސްތައް ފެށުމަށް ރޭވިފައިވަނީ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް އެމްއެންޔޫއިން ބުނެއެވެ.