Advertisement

އެމްއެންޔޫގެ "މަހާސަމާ" ލާނިންގ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

08 Jul 2026 | 09:31
-

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ބާއްވާ "މަހާސަމާ" ލާނިންގ ފެސްޓިވަލްގެ ޕައިލެޓް ފޭސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ "ފުރާތަ" ޕްރޮގްރާމާއި "ލައިފްލޯންގ ލާނިން" ސިޔާސަތުގެ ދަށުން ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒުކޮށް ފަރުމާކޮށްފައިވާ ވޯކްޝޮޕް ސިލްސިލާއެކެވެ. ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ސުންގަޑިއަކީ 16 ޖުލައި 2026 ކަމަށާއި، ފެސްޓިވަލް ކުރިއަށް ދާނީ 19 ޖުލައި އިން 23 ޖުލައި 2026 ގެ ނިޔަލަށް ކަމަށް އެމްއެންޔޫއިން ބުނެއެވެ.

Advertisement

މި ފެސްޓިވަލްގައި ބައިވެރިން ބަހާލެވިފައިވަނީ ތިން އުމުރުފުރާއަކަށެވެ. ކެޓެގަރީ އެ އަކީ 9 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށެވެ. ކެޓެގަރީ ބީ އަކީ 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށެވެ. ކެޓެގަރީ ސީ އަކީ 16 އަހަރާއި 18 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. "ފުރާތަ" ޕްރޮގްރާމަކީ ކުދިންގެ ޝައުގުވެރިކަން ހުންނަ ފަދަ ގޮތްތަކަށް އުނގަންނައިދީ، ރަސްމީ ތަޢުލީމަށް ބާރުލިބޭނެހެން ކުދިންގެ ވިސްނުމާއި އުފެއްދުންތެރިކަން ބިނާކުރުމަށް ފަރުމާކޮށްފައިވާ ހަރަކާތެއް ކަމަށް އެމްއެންޔޫއިން ބުނެއެވެ.

Advertisement

ކޮމެންޓް