އެމްއެންޔޫގެ އޮގަސްޓް އިންޓޭކްއަށް ފޯމު ހުށަހެޅުމުގެ މުއްދަތު ބުރާސްފަތި ދުވަހު ހަމަވަނީ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ 2026 ވަނަ އަހަރުގެ ދެވަނަ ޓާރމްގެ ކޯސްތަކަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 14:00 ކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.
އެމްއެންޔޫއިން ބުނީ، ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެ ކަމަށާއި، އެ ލިސްޓަށް ބަދަލު އަންނަ ވަރަކުން ވެބްސައިޓުގައި ހާމަކުރަމުން ދާނެ ކަމަށެވެ. ފޯމު ހުށަހެޅުމަށް ޔުނިވަރސިޓީގެ އޮންލައިން ޕޯޓަލް ބޭނުން ކުރެވޭނެ ކަމަށާއި، އިތުރު ކޯސްތަކާ ބެހޭ މަޢުލޫމާތު ވެބްސައިޓުގެ ކޯސް ސެކްޝަނުން ލިބެން ހުންނާނެ ކަމަށް ޔުނިވަރސިޓީން ބުނެއެވެ.
މި ޓާރމުގައި 100 އަށް ވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެމްއެންޔޫއިން ބުނެއެވެ. އިތުރު ސުވާލުތަކަށް ޖަވާބު ހޯދުމަށް ސްޓޫޑެންޓް ސާވިސަސްއަށް މެއިލް ކުރުމުގެ އިތުރުން، 3345155 ނަންބަރު ފޯނަށް ގުޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.
މުހިންމު ލިންކުތައް:ކޯސް ރަޖިސްޓްރޭޝަން:
https://mnu.edu.mv/registration/އޮންލައިން ޕޯޓަލް:
ކޯސްތަކުގެ މަޢުލޫމާތު:
ފޭސްބުކް ޕޭޖު: https://www.facebook.com/MaldivesNationalUniversity