Advertisement

މަރުވެފައިވާ މީހުންނަށް ފައިސާ ދޫކުރެވި، ދައުލަތުން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލުނު: އެންސްޕާ

04 Aug 2026 | 22:41
އެންސްޕާގެ ކޯލް ސެންޓަރު -- ފޮޓޯ: ހެލްތް މިނިސްޓްރީ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ މޮނިޓަރިން ސެކްޝަން އުވައިލުމުން އިޖުތިމާޢީ އެހީގެ ޕްރޮގްރާމްތައް ބެލެހެއްޓުން ހީނަރުވެ ދައުލަތަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ޕީއެސްއެމްއަށް ވިދާޅުވި ގޮތުގައި އެހީ ލިބޭ ފަރާތްތައް މޮނިޓާކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ސެކްޝަން 2020 ވަނަ އަހަރު އުވައިލުމާ އެކު އެ މަސައްކަތް އެއްކޮށް ހުއްޓިގެން ދިޔައެވެ.

Advertisement

އޭގެ ނަތީޖާއެއްގެ ގޮތުން މަރުވެފައިވާ މީހުންގެ އެކައުންޓްތަކަށް ވެސް ފައިސާ ޖަމާވެ ދައުލަތުގެ ބަޖެޓުން ބޮޑެތި ޢަދަދުތައް ގެއްލިފައިވާ ކަމަށް ޝިރުނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަ ޙައްލުކުރުމުގެ ގޮތުން އިޖުތިމާޢީ އެހީގެ ޕްރޮގްރާމްތަކުން އެހީ ލިބެނީ ސީދާ ޙައްޤުވެރިންނަށްކަން ޔަޤީންކުރުމުގެ މަސައްކަތް އެންސްޕާއިން މިހާރު ވަނީ ފަށައިފައެވެ. އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން މޮނިޓަރިންއަކީ އެންމެ މުހިންމު އެއް ބައިކަމަށް ޝިރުނާ ވިދާޅުވިއެވެ.

ދިރިއުޅުމުގެ ދަތި ޙާލަތްތަކުގައި ތިބި ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދިނުމަކީ އެންސްޕާގެ މައިގަނޑު ޒިންމާއެވެ. އެގޮތުން ފަޤީރު ޙާލަތުގައި ދަރީން ބަލަހައްޓާ އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެހީއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއާއި މައިންބަފައިންގެ އެހީއެއް ނެތި ކުދީން ބަލަހައްޓާ ފަރާތްތަކަށް ދެވޭ އެހީގެ އިތުރުން ކާބޯތަކެތި ގަތުމަށް ދެވޭ އެހީ ހިމެނެއެވެ.

Advertisement

ކޮމެންޓް